logo
MPL

MPL

ޚަބަރު

ސެޕްޓެމްބަރު ފަސްވަނަ ދުވަހު ސަރުކާރު ބަންދުވާނެ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
25 އޯގަސްޓު 2024 - 13:21
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސެޕްޓެމްބަރު 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ޤައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެދުވަސް މިއަހަރު ދިމާވަނީ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ. މުޙައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީޢުލްއައްވަލް 1365 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ދުވަހާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މޯލްޑިވްސް 2.0": ދައުލަތުގެ މުއައްސަސާތަކަށް ޚާއްސަ ޑިރެކްޓަރީއެއް އިފުތިތާހުކޮށްފިޚަބަރު | 22 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިޚަބަރު | މަހެއް ކުރިންރައީސް އޮފީހުގެ އިސް ދެ މަޤާމަކަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންބޮޑުތަކުރުފާނުގެ ޖިހާދު: ލޭގެ ގުރުބާނީން ލިޔެވުނު މިނިވަންކަންރިޕޯޓް | 3 މަސް ކުރިން