logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓު، "ސިނެކްސް" ލޯންޗުކޮށްފި

އިސްމާޢިލް ރާތިޢު
28 ނޮވެމްބަރު 2025 - 04:23
ވީއައިއޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓު، "ސިނެކްސް" ލޯންޗުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ ގޮތުން، ސިނެކްސް ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހީމް މަހުދީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިނެކްސް ޕްރޮގްރާމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ސޮފްޓްވެއަރ ކުންފުނިތައް ކުރިއެރުވުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ހަތަރު ކުންފުންޏަކާއެކު ޕާޓްނަރޝިޕް ގާއިމުކުރިކަން އިއުލާމުކޮށް، އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެ ހަތަރު ކުންފުންޏަކީ:

  • ޕައި ނެޓްވަރކްސް ޕްރައިވެޓް ލިމިޓެޑް
  • ސޮލިޑް ޓްރީ ޕްރައިވެޓް ލިމިޓެޑް
  • ޖަވާބު ޕްރައިވެޓް ލިމިޓެޑް
  • ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް

ސިނެކްސް ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރުވެސް މިހާރުވެސް ވީއައިއޭގެ ހިދުމަތްތައް ވަރަށް ބޮޑަށް ޑިޖިޓަލައިޒްކުރެވިފައިވީނަމަވެސް އެއީ އަދި ފެށުމެއްކަމަށާއި، ކުރިއަށްއޮތްތާނގައި ވީއައިއޭގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން އިބްރާހީމް ޝަރީފް ފާހަގަކުރެއްވިއެވެ.

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން، ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫއަކީ "މޯލްޑިވްސް 2.0"އެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކާއި ވުޒާރާތަކުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ޑިޖިޓަލައިޒްކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެއްގެ މެދުކެނޑުމަކަށްފަހު، ކޮންޑޯ އެއަރލައިނުން ރާއްޖެއަށް ދަތުރު ފަށަނީޚަބަރު | 3 ގަޑިއިރު ކުރިންވީއައިއޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓު، "ސިނެކްސް" ލޯންޗުކޮށްފިޚަބަރު | 4 މަސް ކުރިންއިތުރު ހަތް އެއާލައިނެއްގެ ޚިދުމަތް އައު ޓާމިނަލަށްޚަބަރު | 7 މަސް ކުރިންވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފިޚަބަރު | 9 މަސް ކުރިން