logo
Bank of Maldives

Bank of Maldives

ޚަބަރު

 އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ، ރާއްޖޭގައި އިސްލާމީ ޢިލްމާއި ނޫރު ފެތުރުން:ޑރ ޝަހީމް

އައިޝަތު ނަޝާ
28 ނޮވެމްބަރު 2025 - 10:19
 އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ، ރާއްޖޭގައި އިސްލާމީ ޢިލްމާއި ނޫރު ފެތުރުން:ޑރ ޝަހީމް

އިސްލާމި މަރުކަޒުތަށް ތަރައްޤީކުރުމުގެ ބޭނުމަކީ، އެ ތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ،ދިއްދޫގައި ތަރައްޤީ ކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވި 3 ވަނަ މަރުކަޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ ދިއްދޫގެ އިތުރުން އަތޮޅުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރު ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.އަދި އެ މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫޢުއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތައް ގެންދަވާނެކަމަށާއި އިމާމުން ތަމްރީންކުރުންފަދަ އެކި ޕްރޮގްރާމްތައް އެ ވުޒާރާއިންވެސް ކުރިއަށްގެންދާނެކަމަށެވެ.އަދި ޖަލްސާ ކުރާ މާލަމުގައި އިސްލާމީ ކަންކަމުގެ އިތުރުން ޚާއްސަ ކޮންޕަރެންސް ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ ތަނަކަށް ވާނެކަމަށާއި އިސްލާމީ މަރުކަޒުގެ ކަރާމަތަށް އުނިކަން ނާންނަ ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފައެވެ. މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ، ރާއްޖޭގައި އިސްލާމީ ޢިލްމާއި ނޫރު ފެތުރުން:ޑރ ޝަހީމްޚަބަރު | 39 މިނިޓު ކުރިން ހުރިހައި ވަޤްފް އިމާރާތެއް މި ދައުރުތެރޭ ނިންމާ ބޭނުންކުރުމަކީ މިނިސްޓްރީގެ އަމާޒު: މިނިސްޓަރ ޝަހީމްޚަބަރު | ދުވަހެއް ކުރިންޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވަން ޝަހީމް ސަޢުދީއަށްޚަބަރު | 20 ދުވަސް ކުރިންދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ: ޑރ. ޝަހީމްޚަބަރު | މަހެއް ކުރިން