logo
Bank of Maldives

Bank of Maldives

ޚަބަރު

ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އާމިނަތު ޝަފާ
1 ޑިސެމްބަރު 2025 - 04:51
ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސްނީ މުބާރިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވަވާފައިވާއިރު މި މައްސަލައިގައި ގޮތެއް ނިންމުމަށް މިހާރުވަނީ ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފާއިޒް ރަޝާދު ޢަމަލުކޮށްފައިވާކަން ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީ، ޤާޟީ އަލްއުސްތާޛު ފާއިޒް ރަޝާދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ޢަމަލެއްކަމަށްވާތީ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނޮވެންބަރު 26 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިޚަބަރު | ގަޑިއިރެއް ކުރިންނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ލިބޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލެއް ޚަބަރު | 4 ދުވަސް ކުރިންކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދެނީޚަބަރު | 4 ދުވަސް ކުރިން