އަންހެން ލީގުގެ ދެވަނަ މެޗު ނިއުއާއި އޮޑި ވާދަކުރި މެޗު ހަމަހަމަވެއްޖެ
2 ޑިސެމްބަރު 2025 - 14:12

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި އޮޑި ވާދަކުރި މެޗު ހަމަހަމަ ވެގެން ނިމިއްޖެއެވެ. މިމެޗު ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނިއުރޭޑިއަންޓުން ވަނީ ގޯލުޖަހައި ލީޑުނަގާފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ ނިއުގެ ބިދޭސީ ކުޅުންތެރިޔާ ނަގައިދިން ހުރަހަކުން ފާތިމަތު ފައިހާ އަލީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ނިއު ކުރީގައި އޮވެގެންނެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފަށައިގެން އޮޑި ސްޕޯޓްސް ކުލަބުން ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނިކުމެ އިރުކޮޅެއްގެ ތެރޭގައި ތީބާ ގޯލުޖެހުމެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ތީބާ ދުރުން ފޮނުވާލި ބޯޅައެއް ނިއުގެ ކީޕަރަށް ހެދުނު މިސްޓޭކަކުން ގޯލަށް ވަދެ މެޗު އެއްވަރުވެގެންދިޔައެވެ. މި ގޯލަށްފަު ނިއުގެ ފަރާތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލިނަމަވެސް އޮޑީގެ ކީޕަރުވަނީ ހުޝިޔާރުކަމާއެކު ގިނަ ޝޮޓުތަކެއް ހުއްޓުވާފައެވެ. މިމެޗު އެއްވަރުވުމާއެކު މުބާރާތުގެ ފުރަތަމަ މެޗުން ކޮންމެ ޓީމަކަށްވެސް ލިބިގެންދާނީ އެންމެ ޕޮއިންޓެކެވެ.
މިމެޗުގައި ނިއުރޭޑިއަންޓް ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނިފައިވާއިރު، އޮޑީ ގެ ޓީމުގައިވެސް ބިދޭސީ ކުޅުންތެރިންނާއެކު ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ. ދެޓީމުގެ ކޯޗުންނަށް ބަލާލާއިރު ނިއުގެ ކޯޗަކަށް ހުރީ އިސްމާޢިލް އަނިލް ހުރިއިރު، އޮޑީގެ ޓީމަށް މިމުބާރާތުގައި އިރުޝާދުދެމުންގެންދަނީ މުޙައްމަދު ނާޝިދު (ނާދު) އެވެ.
ޖުމްލަ 6 ޓީމެއް ބައިވެރިވާ މިމުބާރާތުގައި މާދަމާ ހަވީރު ބައްދލުކުރާނީ ބިސްބުރު ސްޕޯރޓްސް ކުަލަބާއި މާޒިޔާ ސްޕޯރޓްސް ކުލަބެވެ.


