އެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގު - މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ނޮވެމްބަރު 2026 - 13:24
.jpg&w=3840&q=75)
ވަރުގަދަ މާޒިޔާ ބަލިކޮށް އެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގުގެ އެއްވަނަ މަޤާމްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަމަޖެހިލައިފިއެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް ނިއުރޭޑިއަންޓް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5-0 އިންނެވެ. މިމެޗްގައި ނިއުރޭޑިއަންޓަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސަބީނާ ޚަތުން، ސުމައްޔާ މަޓްޝީމާ، މަރްޔަމް ނޫރާއެވެ. ފަސްލަނޑުގެ ތެރެއިން ސަބީނާ 2 ލަނޑު އަދި ނޫރާ ވަނީ ދެލަނޑު ކާމިޔާބު ކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މެޗްގެ ފުރަތަމަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން ނިއުއަށް ފުރަތަމަ ލީޑް ނަގައިދިނީ ސަބީނާ ޚަތުންނެވެ. ދެވަނަ ހާފްގައި ލީޑް ފުޅާކޮށްދިނީ 57ވަނަ މިނިޓްގައި ސުމައްޔާއެވެ. ތިންވަނަ ލަނޑު ނޫރާ ކާމިޔާބުކުރީ އޭގެ 3 މިނިޓް ފަހުންނެވެ. މާގިނަ އިރުތަކެއް ނުވަނީސް ނިއުގެ 4ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޫރާއެވެ. މެވްގެ އިތުރު ވަގުތުގައި ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސުމައްޔާއެވެ.
މިމެޗާއެކު ލީގުގައި ނިއުއިން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކުއެވެ. މިއަދުގެ މެޗުން ބަލިވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ޗެމްޕިއަންޓީމެވެ. ލީގުގެ 3 ވަނައިގައި އޮތީ އެމްއެސް މޭޓްސްއެވެ. ތާވަލްގެ 4ވަނަ ލިބެނީ ދަ ގްރާންޑޭއަށެވެ.
ލީގުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓް ދެން ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

-01.jpg&w=3840&q=75)
