logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ

މަރިޔަމް ޔަނާ އަލީ
3 އޮކްޓޯބަރު 2024 - 15:09
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓެއިންމަޔާ އާއި ޗާންސެލަ އޯލަފް ޝޮލްޓްސް އަށް އަރިސްކުރައްވައިފިއެވެ.

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް ސްޓެއިންމަޔާ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ޤައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި ވިލުންތެރިކަމުގެ ރޫޙު ދައްކުވައިދޭ ދުވަހެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗާންސެލާ ޝޮލްޓްސަށް ވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެ ސިޓީފުޅުގައި ރައީސް ސްޓެއިންމަޔާ އާއި ޗާންސެލާ ޝޮލްޓްސަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ޖަރުމަނުވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ހުޅަނގާއި އިރުމަތީ ޖަރުމަން ވަކިކުރެވިފައި އޮތް އޮތުން، 1990 ވަނަ އަހަރު ނިމުމަކަށްގެނައި ދުވަސް އިޙުތިފާލުކުރުމުގެ ގޮތުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރޮއްޓަށް އަޅާނުލާ އޮތް އޮތުން ނިމުމަކަށް: ޞިއްޙީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރަނީ ޚަބަރު | 28 މިނިޓު ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 4 ގަޑިއިރު ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންމިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 5 ގަޑިއިރު ކުރިން