logo
Bank of Maldives

Bank of Maldives

ޚަބަރު

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 08:06
ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގަތުމުން، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން އެމަނިކުފާނަށް ވަނީ ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބާޒާރުމަތީ ސަރަޙައްދަކީ މަސްމާރު ކޭޓު، ލޯކަލް މާރުކޭޓް، އަދި ދަތުރުވެރިންގެ މާރުކޭޓް ހުންނަ ސަރަޙައްދުގެ އިތުރުން އަތޮޅުތަކަށް މުދާގެންދާ ބޯޓުފަހަރުވެސް ކައިރިކޮށް މުދާ ބާލާ އަރުވާ ހަދާ މައި ސަރަޙައްދެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެމްޓީސީސީއާ ހަވާލުކޮށް، މާލޭގެ ލޯކަލް މާރުކާރު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާއި ހަމައަށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެއެވެ.

މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން، މަގުބައްތި ޖެހުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ހަފުތާތެރޭ ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިއަހަރު ނޮވެންބަރ 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަނީޚަބަރު | ދުވަހެއް ކުރިންޒަމާނީ ތެރަޕީ ސެންޓަރެއް ޤާއިމުކުރަނީޚަބަރު | ދުވަހެއް ކުރިން