logo
MPL

MPL

ޚަބަރު

ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަނީ

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 11:10
މާލެ ޔޫތު ހަބު ހުޅުވުމުގެ ތެރެއިން- ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ
މާލެ ޔޫތު ހަބު ހުޅުވުމުގެ ތެރެއިން- ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ

އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އިތުރު 9 ރަށެއްގައިވެސް ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސުމަށްފަހު އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހަބުތައް ފަރުމާކުރާނީ ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެހެންނެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލް-ބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާ ރަށްތައް:

Ad by Hajj Corporation

Ad by Hajj Corporation

• ގއ. ވިލިނގިލި
• ހއ. ދިއްދޫ
• އދ. މަހިބަދޫ
• ބ. އޭދަފުށި
• ދ. ކުޑަހުވަދޫ
• ފ. ނިލަންދޫ
• ޅ. ނައިފަރު
• ރ. އުނގޫފާރު
• ލ. ފޮނަދޫ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާކަމަށެވެ. މީގެ ތެރެއިން، ޒުވާނުންނަށް އަމާޒުކޮށް ޔޫތު ޕާލިމަންޓް ފަދަ ހަރަކާތްތަކާއި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އަހަންމިއްޔަތުދޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ކުރިން ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | 4 ގަޑިއިރު ކުރިން'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 2 ދުވަސް ކުރިންރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރުޚަބަރު | 2 ދުވަސް ކުރިންކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއްކަމުގައި ދެކެންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިން