logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ނޮވެންބަރ 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީ

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 11:28
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބްގެ މަސައްކަތް ނިންމާ މިއަހަރުގެ ނޮވެންބަރުގައި ހުޅުވަން ނިންމައިފިއެވެ.

ކްރިއޭޓަރ ހަބަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ. މިއީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ބީސީސީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލިއަޅުއްވައްލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބީސީސީއިން މާލޭގައި އިމާރާތްކުރަމުންދާ ކްރިއޭޓަރ ހަބްގެ އިމާރާތަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

މި އިމާރާތުގައި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ހާއްސަ މަސައްކަތު ޖާގަތަކެއްގެ ގާއިމު ކުރެވިގެންދާނެކަމަށާއި މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭ ހާއްސަ މަރުކަޒަށް މި ތަން ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ދިވެހި އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީސީސީއިން ދެމުންދާ ކޮންސަލްޓަންސީގެ ހިދުމަތްތަކާއި ވިޔަފާރީގެ މަސައްކަތު ޖާގަތަކުގެ އިތުރުން އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ގާއިމުކުރެވިގެންދާނީ މި އިމާރާތުގައިކަމަށް ރައީސް ވިދާޅުވިއެވެ.


11 ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި، ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށްކަމަށް ބީސީސީން ބުނެއެވެ. "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ މި ސިނާއަތުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީގެ ތެރޭގައި ކްރިއޭޓަރ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރާ މި ހަބް އިމާރާތްކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ނޮވެންބަރ 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިންޒަމާނީ ތެރަޕީ ސެންޓަރެއް ޤާއިމުކުރަނީޚަބަރު | 2 ގަޑިއިރު ކުރިންހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް 'ވޯކް ފްރޮމް ހޯމް' ދެނީޚަބަރު | 7 ގަޑިއިރު ކުރިން