logo
Bank of Maldives

Bank of Maldives

ޚަބަރު

"ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި

ޒިދާން މުޙައްމަދު
8 ފެބްރުއަރީ 2026 - 17:37
"ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި

"ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފިއެވެ.

"ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ވަނީ ތަކްރީމުކުރައްވާފައެވެ. އަދި ޝަރުޢީ ދާއިރާއަށް އެކި ރޮނގުތަކުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021 ވަނަ އަހަރު ފިޔަވައި ފާއިތުވި 9 އަހަރު ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންދަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިން24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދަން ތައްޔާރުވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންމިއަހަރު ނޮވެންބަރ 11 ގައި ކްރިއޭޓަރ ހަބް ހުޅުވަނީޚަބަރު | ދުވަހެއް ކުރިން