logo
Bank of Maldives

Bank of Maldives

ޚަބަރު

ިުއިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި

އައިޝަތު ނަޝާ
5 ޑިސެމްބަރު 2025 - 13:08
ިުއިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު 2025 ފަށައިފިއެވެ. އެ ވުޒާރާގެ މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ޑިޕާޓްމެންޓުން ހިންގާ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މި މައުރަޒަކީ އެ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިގޮތުން ބާއްވާ މިފަދަ ދެ ވަނަ މައުރަޒެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ 9 ސެކްޝަންއަކުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. މި މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 4:00އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00އިން ހަވީރު 6:00 އަށެވެ.

މި މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުން ޕްރޮގްރާމްގެ ފަސް ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ފަސް ވަނަ ބުރު އޮންނާނީ އަންނަ އަހަރުއެވެ. އަދި ޝެއިހުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް މައުރަޒަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | މަހެއް ކުރިންޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފިޚަބަރު | 4 މަސް ކުރިންއިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިޚަބަރު | 6 މަސް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | 6 މަސް ކުރިން