logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

މުޙައްމަދު އަފްރާޙް
18 މާރިޗު 2026 - 19:31
އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އައްޔަބޭ ޕާޓްނާސްއާއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެ ކުންފުންޏާއި ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައެވެ. 

މީގެ އިތުރުން ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިރޭ ހަވާލުކޮށްފައިވެއެވެ. 

އިސްލާމީ ދާއިރާއިން މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ މިނިވަންކަމަކީ ދީނާއި ޤާނޫނުގެ އިމުން ބޭރުން ބުލީކުރުމުގެ ނިޒާމަކަށް ނުހެދުމަށް ވަޒީރު ޝަހީމް ގޮވާލައިފިޚަބަރު | 19 ދުވަސް ކުރިންރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން: މިނިސްޓަރު ޝަހީމްޚަބަރު | މަހެއް ކުރިންދިވެހި ހައްޖުވެރިންނަށް ސަޢޫދީއަށް ދިއުމަށް އެއްވެސް ދަތިކަމެއްނެތް: ވަޒީރު ޝަޙީމްޚަބަރު | މަހެއް ކުރިންޑރ. ޝަހީމް، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށްޚަބަރު | 2 މަސް ކުރިން