logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ފެނުގެ ބަންކަރިން އާއިއެކު އިތުރު ޚިދުމަތްތަކެއް ހޯދުމަށް ބޭރުގެ އުޅަނދެއް އިހަވަންދިއްޕޮޅަށް

މަރިޔަމް ޔަނާ އަލީ
3 އޮކްޓޯބަރު 2024 - 15:26
ރާއްޖެ ބަނދަރުކުރި ޖީއަންޖިއޭ ނަމަކަށްކިޔާ ބޯޓު -- ފޮޓޯ/ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު
ރާއްޖެ ބަނދަރުކުރި ޖީއަންޖިއޭ ނަމަކަށްކިޔާ ބޯޓު -- ފޮޓޯ/ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު

ފެނުގެ ބަންކަރިން އާއިއެކު އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް) ގެ އައި ފުރަތަމަ އުޅަނދު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ޕޯސްޓް ލިިމިޓެޑް(އެމްޕީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫއެމްއެސްގެ ދަށުން ތައާރަފްކުރި ބައެއް ހިދުމަތްތައް ހޯދުމަށް އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖީއަންޖިއޭ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ކަމަށާއި، ޕެނަމާއަށް ނިސްބަތްވާ އެ ބޯޓު ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫދާބީން ފުރައިގެން ޗައިނާއަށް ދިއުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބޯޓުން ކުރޫ ބަދަލުވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމުގައި ހަދާފައިވާ " ސީމަންސް ރެޓްސް އޭރިއާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ހަރަކާތަތައް ކުރިއަށްގެންދިޔައެވެ. އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ފަޅުވެރިންނަށް މަރުހަބާ ކިޔުމުގެ ހަރަކާތުގައި ބައިވެރިވިއެވެ.

"އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުންވަނީ ޔޫ.އެމް.އެސްގެ ހިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ހިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއާ ޕާޓްސް ހޯދުމަށް އެދިފައެވެ. އަދި މެއިންޓަނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެކަމަށް ލަފާކުރެވެއެވެ. " އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައިވަނީ ކްރޫ ޗޭންޖް ހިދުމަތުގައި މި އުޅަނދުގައި މި ވަގުތުތިބި ނުވަ ކްރޫ ރާއްޖެއިން ފުރުވާލާނެކަމަށާއި އަދި ރާއްޖެއަށް ވައުގެމަގުން އަންނަ ހަ ފަޅުވެރިން އެރުވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 5 ގަޑިއިރު ކުރިންފެނުގެ ބަންކަރިން އާއިއެކު އިތުރު ޚިދުމަތްތަކެއް ހޯދުމަށް ބޭރުގެ އުޅަނދެއް އިހަވަންދިއްޕޮޅަށްޚަބަރު | 2 އަހަރު ކުރިން