logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!

މުޙައްމަދު އަފްރާޙް
8 އޭޕްރީލު 2026 - 13:51
ބަންކަރިން ހިދުމަތުން  ދައުލަތަށް ބޮޑު އާމްދަނީއެއް!

ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވިނަމަވެސް އެ ޚިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އޭޕްރިލް 8 ވީ ބުދަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ 2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި އެ ޚިދުމަތް ފެށިގެން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތަކަށްވާއިރު، މި ހިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިންނެވެ. ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.

ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރު ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިޚިދުމަތް ދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 2 ގަޑިއިރު ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 9 ގަޑިއިރު ކުރިންރައީސް އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު: ސައީދުޚަބަރު | 13 ދުވަސް ކުރިންކާބޯތަކެތީީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޮޖިސްޓިކްސް މައި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރޭ ޚަބަރު | 15 ދުވަސް ކުރިން