logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ފުރުޞަތު ނުދޭ މިންވަރަށް ރައީސް މުޢިއްޒު ފުރުޞަތު ދެއްވާ: މިނިސްޓަރ ސައީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މޭ 2026 - 13:59
ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ މިންވަރަށް ރައީސް މުޢިއްޒު ފުރުޞަތު ދެއްވާ: ސައީދު

މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފުރުޞަތު ދެއްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށާއި، މި ސަރުކާރުން އަބަދުވެސް އެކަމަށް ޖާގަ ދީފައިވާ ކަމަށެވެ. އަދި އެއްވެސް އިތުރު މޮޑަރޭޝަނަކާ ނުލައި، ކޮންމެ ހަފުތާއަކު އެއްފަހަރު ސީދާ ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި، ހުޅުވާލެވިފައިވާ މާޙައުލެއްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުގެ ސިޔާސަތުތައް ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ބައެއް ފަރާތްތަކުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސް ތެރޭގައި ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ބައެއް ނޫސްތަކުން އެދަނީ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުން،" ސައީދު ވިދާޅުވިއެވެ.

 

View post on Twitter

 

މިނިސްޓަރ އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުންތަކަކީ ޒާތީގޮތުން ދިމާކުރުމާއި، ދޮގު ވާހަކަ ހަދައިގެން އިއްވުމާއި، ޤާނޫނުތަކާއި ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންނަށް ލިބިފައިވާ މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް، ޝަރުޢީ އަދި ޤާނޫނީ އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަމަށްވެސް މިނިސްޓަރ ސައީދު ބަޔާންކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް ހުޅުވާލާފައިވާ މި ފުރުޞަތަކީ ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނަނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 6 ދުވަސް ކުރިންގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ މައްސަލަތަކަށް 2028ގެ ކުރިން ހައްލެއް ގެންނަނީޚަބަރު | 24 ދުވަސް ކުރިންއައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކު: ސައީދުޚަބަރު | 2 މަސް ކުރިންކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ މިންވަރަށް ރައީސް މުޢިއްޒު ފުރުޞަތު ދެއްވާ: ސައީދުޚަބަރު | 2 މަސް ކުރިން