logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ: ރިޕޯޓް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޑިސެމްބަރު 2025 - 14:03
އިންޑިގޯގެ ސީއީއޯ މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ: ރިޕޯޓް

 

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް، އެ މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ ކަމަށް މަސްދަރުތަކުން މައުލޫމާތު ދީފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ދިމާވެފައިވަނީ، ޕައިލެޓުންނަށް އަރާމުކުރުމަށް ދޭންޖެހޭ ވަގުތާބެހޭ އާ ގަވާއިދުތައް އެ އެއާލައިނުން ހަމަޖައްސަން އުޅުނު ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، ގައުމުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ތާށިވުމާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެވިއޭޝަން މިނިސްޓްރީން ވަނީ މިއަދު ހަވީރު އިންޑިގޯގެ އޮފިޝަލުން ހާޒިރުކޮށްފައެވެ. އެ އެއާލައިނާ ދެކޮޅަށް ކުރިން ނާޅާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް މަސްދަރުތަކުން މައުލޫމާތުދެއެވެ. އިންޑިއާގެ އެތެރޭގެ ދަތުރުފަތުރުގެ ބާޒާރުގެ ތިންބައިކުޅަ ދެބައި ކޮންޓްރޯލްކޮށްފައިވާ މި ބަޖެޓް ކެރިއަރަށް ބޮޑު މާލީ އަދަބެއް ދިނުމަށް ވެސް އިންޑިއާގެ ސަރުކާރުން ވިސްނަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އިންޑިގޯގެ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން ގައުމީ ފެންވަރުގައި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު، އިންޑިއާގެ އެންމެ ބޮޑު އެއާލައިނާ ދެކޮޅަށް މިހާތަނަށް އަޅާ އެންމެ ހަރުކަށި ފިޔަވަޅުގެ ގޮތުގައި، އެ އެއާލައިނަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ފްލައިޓްތަކުގެ އަދަދު މަދުކުރުމަށް ވެސް އޮފިޝަލުން ދަނީ ވިސްނަމުން ކަމަށް މަސްދަރުތަކުން ބުނެއެވެ.

އިންޑިއާގެ އެވިއޭޝަން މިނިސްޓަރު ރާމް މޯހަން ނާއިޑޫ އިއްޔެ ވަނީ އިންޑިގޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ. ނާއިޑޫ ވިދާޅުވީ، މި ހާދިސާއާ ގުޅިގެން މިހާރުން މިހާރަށް މަތީ ފެންވަރުގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި، ތަހުގީގަށް ފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އެލްބާސް މަގާމުން ވަކިކުރުމަށް އެދުމަކީ މި ތަހުގީގުގެ ނަތީޖާއެއްގެ ގޮތުގައި އަންނަ އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ބެލެވެއެވެ.

މިހާތަނަށް އިންޑިގޯގެ ހާހެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮރޮންޓޯގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ބަޑީގެ ހަމަލާތަކެއް ދީފިދުނިޔެ | 2 ގަޑިއިރު ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 4 ދުވަސް ކުރިން''ހުޅަނގުން ކުރަމުންދާ ހަނގުރާމައަކީ "ޝައިތާނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ނުފޫޒުގަދަ ބައެއްގެ" އަމަލެއް''ދުނިޔެ | 8 ދުވަސް ކުރިންއިސްރާއީލް-އެމެރިކާ ބައިނަލްއަގްވާމީ ޤާނޫނުތަކަށް ފައިން އަރައިފި، މެދު އިރުމަތި ދަނީ ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް: ޗައިނާދުނިޔެ | 8 ދުވަސް ކުރިން