logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީ އަނެއްކާވެސް އެއްވަރުވެ ތަށިނެގުމުގެ އުއްމީދު ފެނަށް ދިޔުމާގާތަށް

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2025 - 03:35
ޗެލްސީ އަނެއްކާވެސް އެއްވަރުވެ ތަށިނެގުމުގެ އުއްމީދު ފެނަށް ދިޔުމާގާތަށް

ޕްރީމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައިވާ އާސެނަލްއަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގަން ޗެލްސީއަށް ކުޅުނު ޕްރިމިއަރ ލީގުގެ މެޗުގައި އެފުރުސަތު ގެއްލުވާލައިފިއެވެ. ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެފަހުން އާސެނަލް ވަނީ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 2-1 ލަނޑުން ބަލިވެފައެވެ. އެންޒޯ މަރެސްކާގެ ޓީމަށް ލީގުގެ އެއްވަނައިގައި އޮތް ޓީމާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކުރެވޭނެ ފުރުސަތު ލިބުނު ނަމަވެސް، މޮޅުނުވެ ތިންވަނަ މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ އެއްވަނައިން އަށް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީއަށް އެއްވަރުކުރެވުނީ އެ ޓީމުގެ ގޯލްކީޕަރު ސަންޗޭޒްގެ ސަބަބުންނެވެ. މިމެޗުގައި ދެީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

މިއާއެކު ވޯލްޑް ޗެންޕިއަން ޓީމަށް ލީގުގައި ތަށްޓާއި ވާދަކުރުމަށް ސިޓީއާއި އާސެނަލް އާއި ގާތަށް ޖެހިލުމަށް ލިބުނު ރަނުގެ ފުރުސަތު ޗެލްސީއަށް ވަނީ ގެއްލިގެންގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 8 ދުވަސް ކުރިންވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންޗެލްސީގެ އައު ކޯޗަކަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފިކުޅިވަރު | 14 ދުވަސް ކުރިން