logo
Bank of Maldives

Bank of Maldives

ޚަބަރު

ވައުދާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް

އާމިނަތު ޝަފާ
8 ޑިސެމްބަރު 2025 - 04:12
 ވައުދާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް

އެަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތަށް ވަރަށް އަވަހަށް ބަދަލުގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރުއީ ދާއިރާ ވަނީ ހަގީގީ މާނައިގައި މިނިވަންކޮށްދެއްވާފައިކަމަށާއި އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރުވައޭ ނުބުނެވޭނެކަމަށެވެ.

ބަދަލު ހިފުމުގެ ރޫޙު އިސްކޮށް ސިޔާސީގޮތުން މީހަކާ ދޭތެރޭގައި ފިޔަވަޅު ނާޅާނެކަމަށް ވިދާޅުވެ ސިޔާސީ މީހެއް ހައްޔަރުކުރަން އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެނގި ކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ސަރުކާރުގައި ސިޔާސީން ހައްޔަރީންވެސް ނުތިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިރާދަ ކުރެއްވިއްޔާ ޖުޑީޝަރީ މިނިވަން ވެގެންދާނެ. ކުރިއަށް އޮތްތާގައި އަޅުގަނޑު ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ޤާނޫނީ އިސްލާހުވެސް ހުށަހަޅާނަން. ކޮންމެ ކަމެއްވެސް އެކަމެއް އޮންނަ ތަރުތީބުން ކަންކަން ގެންދަން ޖެހޭނީ. "ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާ އެކު އޮޕަރޭޓް ކުރާކަން ރައްޔިތުންނަށް އިހުސާސްވާ ވަަރަށް ފެންނަން އެބަޖެހޭ ދެން ހުންނަ ފިޔަވަޅުތައް އަޅާއިރު ވެސް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޖުޑީޝަރީ އިިސްލާހުކުރުމަށްޓަކައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް މިކަން ނުވެފައިވާއިރު މި ސަރުކާރުންވަނީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | ގަޑިއިރެއް ކުރިންހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީޚަބަރު | ގަޑިއިރެއް ކުރިން ވައުދާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންގިނަ ރައްޔިތުންނަށް ފުުސަތު ދިނުމަށް، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ބަދަލުތައް ގެންނަނީ ޚަބަރު | 2 ގަޑިއިރު ކުރިން