logo
ޚަބަރު

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ފުލުހަށް

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 06:23
އީސީގެ ރައީސް ފުއާދު ތައުފީޤު
އީސީގެ ރައީސް ފުއާދު ތައުފީޤު

20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"މެންދުރު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ 20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހަށް ހުށައެޅުނުކަމަށާއި އެހެންނަމަވެސް އެބޭފުޅުން ލަފާ ދެއްވީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަތައް ތަހުގީގުކުރުމަށްފަހު ހުށައެޅުމަށްކަމަށެވެ. ވުމާއެކު މައްސަލަ މިހާރު ފުލުހަށް ހުށައެޅިފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ބަޔާން ހުށަނާޅަނީ 32 ކެންޑިޑޭޓުން ކަމަށް މީގެ ކުރިން ފުއާދުވަނީ ވިދާޅުވެފައެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ މަޢުލޫމާތުތަކަކީ ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލުތަކެވެ.

މީގެ އިތުރުން އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު، ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އަދި ކެންޑިޑޭޓުން ހުށައަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަމަށް އަންގައިދިނުމަށްޓަކައި އެ މަޢުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލު އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށައަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށައެޅުން ހިމެނެއެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށައަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިޤްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށައަޅަންވާނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުން ހުށައަޅުއްވާ މަޢުލޫމާތާއި ތަކެތި ޢާންމުކޮށް ބެލޭނެހެން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް ޚަބަރު | 4 މަސް ކުރިންއެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ޚަބަރު | 8 މަސް ކުރިންސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުޚަބަރު | 8 މަސް ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 9 މަސް ކުރިން