logo
Bank of Maldives

Bank of Maldives

ޚަބަރު

ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބޭ، ފަޒުލްއާ ދެކޮޅަށް ދައުވާނުކުރަން ޕީޖީން ނިންމައިފި

ޢައްފާން މުޙައްމަދު
8 ޑިސެމްބަރު 2025 - 13:05
ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބޭ، ފަޒުލްއާ ދެކޮޅަށް ދައުވާނުކުރަން ޕީޖީން ނިންމައިފި

ޖިނާއީ ތަޙުޤީޤެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔެކިޔުންތަކެއް ޑިލީޓްކުރި މައްސަލާގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލްގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ފަޒުލްއާއި،  އެ ކުންފުނީގެ އައި.ޓީ ހެޑް ޢަބްދުﷲ ޝުހޫދުއަށް ދައުވާ ނުކުރަން ނުވަތަ ދައުވާ ޑިކްލައިންކޮށްފައި ވަނީ، އެ ކުންފުނީގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައޮގައި ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗް.ޑީ.ސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. 

އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދު، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައިނުވާކަން އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ބިންވެރިޔާ ސްކީމްގެ އުސޫލުގެ ބޭރުން ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ދަނީ ކުރަމުންނެވެ.

މިމައްސަލަ ފެންމަތިވި ހިސާބުން އެޗްޑީސީގެ ޗެއަރމަން ފިޔަވައި ފަޒުލް ރަޝީދު ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރިއެވެ. އަދި ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފައިވެއެވެ. ސަސްޕެންޑްކޮށްފައި ހުއްޓާ މަޤާމުން ފަޒުލް އިސްތިއުފާދެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

މި މައްސަލާގައި އެޗްޑީސީގެ އިތުރު ބައެއް މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބޭ، ފަޒުލްއާ ދެކޮޅަށް ދައުވާނުކުރަން ޕީޖީން ނިންމައިފިޚަބަރު | ގަޑިއިރެއް ކުރިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެނީ ޚަބަރު | 5 ދުވަސް ކުރިންޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއްޚަބަރު | މަހެއް ކުރިންބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ކިންގްސްއަށް ކުރާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފިޚަބަރު | މަހެއް ކުރިން