logo
Bank of Maldives

Bank of Maldives

ޚަބަރު

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 04:13
ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން ބުނީ 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ފަހިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 2025 ޑިސެންބަރު 1 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ބަލައިގަންނާނެކަމަށް އިޢުލާނުކޮށްފައި ވީނަމަވެސް، މި ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް ކޮމިޝަނުން އިއުލާނުކުރުމުންކަމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކުރެއެވެ.

 

ކޮމިޝަނުން ބުނީ މިގޮތަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދިނުމުގެ މަޤްސަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާ އިންތިޚާބަކަށްވެފައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ދުރާލާ ފެށޭނެހެން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަވެގެންދާނެގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުންކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުންޚަބަރު | ގަޑިއިރެއް ކުރިން