logo
Bank of Maldives

Bank of Maldives

ޚަބަރު

ޒިދާން މުޙައްމަދު
24 ފެބްރުއަރީ 2026 - 10:38
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާއީ ސަރަހައްދާއި ރާއްޖެއިން ބޭރު އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުދިނުމަށް 26454 މީހަކު ރީ ރަޖިސްޓްރީވެފައިވާކަމަށެވެ.

ރީ-ރަޖިސްޓަރ ވެފައިވާ މީހުން

Ad by Hajj Corporation

Ad by Hajj Corporation

  1. ރަށްރަށާއި މާލޭގައި ވޯޓުލާން: 24،429 މީހުން
  2. ޖަލުތަކުގައި ވޯޓުލާން: 1،326 މީހުން
  3. ސިނާއީ ސަރަހައްދުގައި ވޯޓުލުމަށް: 11 މީހުން
  4. މެލޭޝިޔާގައި ވޯޓުލާން: 499 މީހުން
  5. ސްރީލަންކާ: 189 މީހުން

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގައި 29 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށެވެ. އަދި ސިނީޢީ މަސައްކަތްކުރާ 3 ތަނެއްގައިވެސް ވޯޓު ފޮށި ނުބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެއީ ހުޅުލެއާއި ތިލަފުއްޓާއި ގދ. ކާޑެއްދޫއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބޭރުގެ އެއްވެސް ގައުމަކުން ވޯޓުފޮށީގެ އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީވެފައި ނުވާތީ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދޭނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށް ބުނެފިޚަބަރު | 2 ގަޑިއިރު ކުރިންކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުންޚަބަރު | 3 މަސް ކުރިން