logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ ވަނީ ނިމިފައި، އަލަށް ހަވާލުކުރެވުނު މަޝްރޫޢުތައްވެސް ދަނީ ކުރިއަށް: މަތީން

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 05:54
ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ ވަނީ ނިމިފައި، އަލަށް ހަވާލުކުރެވުނު މަޝްރޫޢުތައްވެސް ދަނީ ކުރިއަށް: މަތީން

އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމާފައިވާކަމާއި، ސަރުކާރުން އެ ކުންފުންޏާއި އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

އެމްޑީ މަތީން މިފަދައިން ވިދާޅުވި އެމް.ޑަބްލިޔު.އެސް.ސީގެ 2025  ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ އަބްދުލް މަތީން ވިދާޅުވީ، މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުންކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަނީ ފަހަގަކޮށްފައެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ހަމަމިއާއެކު، ފެނާއި ނަރުދާމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާއި ގުޅިފައިވާ އަސާސީ ޚިދުމަތަކަވުމުން، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނިތި ފޯރުކޮށްދިނުމަށް، ޒަމާނީ އައު ޓެކްނޮލޮޖީއާއި ވަޞީލަތްތައް އިތުރުކޮށް، ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕަރސަން ޝަމްހޫޒާ އަޙުމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުޙައްމަދުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2025 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށްވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވާރޑް، ޗެއާރމަންސް އެވޯރޑް ފޯރ އެކްސެލެންސް ވަނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރ ހަސަން ޝަފީގަށް އަރުވާފައެވެ. މިއެވޯޑް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވޯޑެކެވެ.

މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމުން، މުވައްޒަފުންގެ ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ. އެމް.ޑަބްލިޔު.އެސް.ސީއިން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ ވަނީ ނިމިފައި، އަލަށް ހަވާލުކުރެވުނު މަޝްރޫޢުތައްވެސް ދަނީ ކުރިއަށް: މަތީންޚަބަރު | ގަޑިއިރެއް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިންކުޅުދުއްފުށީ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100އިންސައްތަ އިރުގެ ހަކަތައަށް ބަދަލުކުރަނީޚަބަރު | 6 މަސް ކުރިންކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 7 މަސް ކުރިން