logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް އެކަށައެޅުމާ ގުޅޭ އިރުޝާދުނާމާ އާންމުކޮށްފި

ޢައްފާން މުޙައްމަދު
9 ޑިސެމްބަރު 2025 - 12:23
މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް އެކަށައެޅުމާ ގުޅޭ އިރުޝާދުނާމާ އާންމުކޮށްފި

މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް އެކަށައެޅުމާގުޅޭ އިރުޝާދުނާމާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކޮށްފިއެވެ.

އެ ކޮމިޝަނުން އާންމުކުރި އިރުޝާދުނާމާގައި ހިމަނާފައިވަނީ، ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ހިރާސް ކުޑަކުރުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިރުޝާދުނާމާގެ މަޤްސަދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ޚާއްޞަ ޙާލަތްތަކާއި ހިރާސް ބޮޑު ފަރާތްތައް ދެނެގަނެ ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުމުގެ އިތުރުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިޢާއަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަޤާފަތެއް އިދާރާތަކުގައި ޤާއިމުކުރުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.

މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލުމާއި، މަސްލަހަތު ފުށުއެރުމުގެ ހިރާސް ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި އެފަދަ ނިޒާމުތައް މޮނީޓަރކުރުމާއި މުރާޖަޢާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތުވަނީ ހިމަނާފައެވެ.

މި ގައިޑްލައިންގައި އިދާރާތަކަށް ރައްޔިތުން އިތުބާރުކުރާ، ދެފުށްފެންނަ ނިޒާމަކަށް ހެދުމަށްޓަކައި، އިދާރީ ހިންގުމުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އިންތިޒާމުތަކާއި މިންގަނޑުތައް ފާހަގަކޮށްފައިވެއެވެ.

މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދުނާމާ އޭސީސީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް އެކަށައެޅުމާ ގުޅޭ އިރުޝާދުނާމާ އާންމުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފިޚަބަރު | 16 ދުވަސް ކުރިންމިއަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައްޚަބަރު | މަހެއް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 2 މަސް ކުރިން