logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު: ރައީސް

އިސްމާޢިލް ރާތިޢު
10 ޑިސެމްބަރު 2025 - 05:40
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ މަސްވެރިކަމާއި ދިވެހީންނާ ވަނީ ލާމެހިފައިކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަމަށެވެ. އަދި، ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުމާއެކު ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މިއާއެކު އެމަނިކުފާނުވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް ދަންނަވާ، މާތްﷲގެ ތަނަވަސް ރަޙްމަތާައި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ވަނީ ދުވަހުގެ މުނާސަބަތުގައި ޕޯސްޓެއް ކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި ވަނީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ތަކުރާރު ކުރައްވާ، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވުމަށްފަހު މަސްވެރިކަމުގެ ޞިނާޢަތަށް ތިޔާގިކަމާއި މަންފާ އިތުރުކޮށް ދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންނަށް އެތައް ދޮރެއް ހުޅުވާލަދެއްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މަސްވެރިކަމަކީ ދިވެހިރާއްޖޭގައި އެންމެ ޒަމާންވީ މަސައްކަތްކަމުގައި ވީނަމަވެސް އެކަމަށް ރަސްމީ ވަޒީފާއެއްގެ ހައިސިއްޔަތު ނުދީ އޮތް އޮތުން ނިމުމަކަށް ގެންނަވާ، މަސްވެރީންނަށް މާލީ އެތައް މަންފާއެއް ލިއްބައިދެއްވުމެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންރާއްޖެއާއި ލަންކާއާ ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަން ތާރީޚުން ހެކިދޭ: ރައީސް ޑރ. މުޢިއްޒުޚަބަރު | 10 ގަޑިއިރު ކުރިންކެންސަރު ބަލި ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުން މުހިންމު: ރައީސްޚަބަރު | 14 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާޚަބަރު | 16 ގަޑިއިރު ކުރިން