logo
Bank of Maldives

Bank of Maldives

ޚަބަރު

މުދާ ޝިޕްމެންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 10800 ވޭޕް އަތުލައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޑިސެމްބަރު 2025 - 08:45
Screenshot
Screenshot

މުދާ ޝިޕްމެންޓެއްގައި ފޮރުވައިގެން ވަގަށް އެތެރެކުރަން އުޅުނު 10800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ‏ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

2025 ޑިސެންބަރު 04 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ޝިޕްމަންޓް ބަލާފާސްކުރިއިރު، ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.

 

 

މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިތަކެތީގެ އަގު 2.7 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރެޓް މަނާކުރުމަށް ސަރުކާރުން ނިންމި 15 ނޮވެމްބަރު 2024ގެ ފަހުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. މި ތާރީޚްގެ ފަހުން ކަސްޓަމްސް އިން ވަނީ 66،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދާ ޝިޕްމެންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 10800 ވޭޕް އަތުލައިގެންފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި ސިނގިރޭޓް ސްޓިކްސްތަށް ނައްތާލައިފިޚަބަރު | 3 ދުވަސް ކުރިންވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 3 ދުވަސް ކުރިންއައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި ޚަބަރު | 3 ދުވަސް ކުރިން