logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

އާސަހަރާ މަރާމާތުކުރެވުނީ ބޭނުންވީ ގޮތަށް: ރައީސް މުއިއްޒު

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 10:18
ރައީސް މުއިއްޒު، މާލޭގެ މޭޔަރާއެކު
ރައީސް މުއިއްޒު، މާލޭގެ މޭޔަރާއެކު

ޖާގަ އިތުރުކޮށް އާސަހަރާ މަރާމާތުކުރެވުނީ އެންމެ ބޭނުންފުޅުވި ގޮތަށްކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަރާމާތަށްހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުއްވައިދެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ބޭނުންފުޅުވީ އާސަހަރާ މިސްކިތަކީ ހިތްގައިމު އަދި ޖާގަ ތަނަވަސްތަނަކަށް ހެއްދެވުމަށްކަމަށެވެ. އާއިލާތަކަށް އެންމެ ހިތްދަތިވާ ވަގުތުވެސް އެތަނުގައި ތިބޭއިރު ފަސޭހައިން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ބޭނުންފުޅުވިކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް މިއަދު ނިމިފައިހުރުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެއިޓިން އޭރިއާ ބޮޑުކޮށްފައި، ހިނަވާ އޭރިޔާ ތަނަވަސްކޮށްފައި މިވަނީ. އުއްމީދުކުރަނީ މި މިސްކިތަށް އަންނަ މީހުންނާއި މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުންނަށް ފަސޭހަތަކެއްވާނެކަމަށް"، ރައީސް 

މަރާމާތަށްފަހު އަލުން މި މިސްކިތާއި ސަހަރާ ހުޅުވައި ދެއްވީ ރައީސް މުއިއްޒެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 10 މަސް ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | އަހަރެއް ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | އަހަރެއް ކުރިންހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ވެރިކަން ޚަބަރު | އަހަރެއް ކުރިން