logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފި

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 11:46
ހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފި

ހުޅުމާލޭގެ ހުސްބިންތަކުގައި އާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކުރުމުން ޓޯ ކޮށްފައިހުރި އުޅަނދުތަށް ދޫކުރަން ފަށައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނފެައިވަނީ، އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު، ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް އައުމުން، ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ގޮސް އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށާއި،އަދި މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކުރެވިފައިވާ ޒޯންތަކަށްތޯ ކަށަވަރު ކުރާނެ ކަަމަށްވެސް ފުލުހުން ވަނީ ބުނެފައވެ.

 

މީގެ އިތުރުން ފުލުހުން ޓޯކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތައް ހަތް ދުވަސް ފަހުން އާންމުކޮށް އިއުލާނުކުރާނެ ކަމަށާއި، އެ އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ފެށި ބައު އުޅަނދު ޓޯކުރުމުގެ އޮޕަރޭޝަންގައި ސައުވީސް ގަޑިއިރުތެރޭގައި ޖުމްލަ 252 އުޅަނދެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފައިވެއެެވެ.

ރާއްޖެއަށް އެތެެރެކުރާ އުޅަނދުތައް ގިނައިރު، މިހާރު ވެސް މާލެ ސަރަހައްދު އޮތީ ކެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރަށް ވެހިކަލުން ފުރި ބާރުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލަ: އާއްޓޭއާއި ދިގަލި ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި ޚަބަރު | 5 ގަޑިއިރު ކުރިންލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސްޚަބަރު | ދުވަހެއް ކުރިން