އެއްވަނައިގައި އާސެނަލް އަށް އޮވެވެނީ ހަމަކިރިޔަކިރިޔާ، މިފަހަރު އިނދިކޮޅުޓީމުން ބައިކޮށް ދެގޯލުޖަހައިގެން
14 ޑިސެމްބަރު 2025 - 05:09

އިނދިކޮޅު ޓީމުން ބައިކޮޅަށް ޖެހި ދެގޯލާއެކު އާސެނަލް 2-1 ގެ ނަތީޖާއަކުން މޮޅުވެ، ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މެޗުގައި އާސެނަލްގެ ލަދުވެތިކަން ސަލާމަތްވީ ވުލްވްސްގެ ކުޅުންތެރިން ކަމަށްވާ ސޭމް ޖޯންސްޓޯން އާއި ޔާސަން މޮސްކޭރާ ބައިކޮޅަށް ޖެހި ދެ ގޯލުގެ ސަބަބުންނެވެ. އާސެނަލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ވޫލްވްސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. އެންމެ މަތީގައި އާއި އެންމެ ތިރީގައި އޮތްއިރު، ހޮނިހިރު ދުވަހުގެ މި މެޗުގައި ދެޓީމުގެ ފަރާތުން ކުޅުމުގައި މާބޮޑެތި ފަރަގުތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ.
މިމެޗުގައި އާސެނަލް އަށް މެޗުގެ 67 ވަނަ މިނެޓާ ހަމައަށް އެއްވެސް ޝޮޓެއް ޓާގެޓަށް ފޮނުވާލެވިފައެއް ނުވެއެވެ. އާސެނަލްގެ ފުރަތަމަ ޝޮޓް ޓާގެޓަށް ފޮނުވާލީ ޑެކްލަން ރައިސް އެވެ. އޭމި ޝޮޓް ވުލްވްސްގެ ގޯލްކީޕަރު ޖޯންސްޓޯން ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ސަކާނެގި ކޯނާރެއް ގޯލު ދަނޑީގައި ޖެހުމަށްފަހު ކީޕަރު ޖޯންސްޓޯންގެ ގައިގައި ޖެހިގައި ބައިކޮޅަށް ގޯލުވަނެވެ.

Ad by Hajj Corporation
ވުލްވްސް އިން މެޗުގެ 90 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް، އިތުރުވަގުތުގައި ސާކާ ހުރަހެއް ވުލްވްސް ގެ ޑިފެންޑަރުގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ދެވަނަ ގޯލު ވަނެވެ.
ރޭގެ މޮޅާއެކު އާސެނަލް އަށް ތާވަލުގެ އެއްވަނައިގައޮތްއިރު، އެއްމެޗު މަދުންކުޅެ ދެވަނައިގައި ސިޓީ އޮތީ 5 ޕޮއިންޓް ދަށުގައެވެ.


