logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު ރޮޑްރީގޯ ޖެހި ގޯލާއެކު ކަރުތާފެނުގައި އޮތް އަލޮންސޯ ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
15 ޑިސެމްބަރު 2025 - 06:17
ފަހުވަގުތު ރޮޑްރީގޯ ޖެހި ގޯލާއެކު ކަރުތާފެނުގައި އޮތް އަލޮންސޯ ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ހަނިގޮތަކަށް ރެއާލް މެޑްރިޑުން ވަނީ އަލަވޭޒް އާއި ދެކޮޅަށް 2-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި މޮޅަކީ އެ ޓީމުގެ ކޯޗު ޝަބީ އަލޮންސޯގެ މަގާމަށް ބިރުވެރިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓެވެ. މެޗުގެ ފަހުކޮޅު ރޮޑްރީގޯ ކާމިޔާބުކޮށްދިން ލަނޑަކީ އަލޮންސޯއަށް ވަގުތީ ނަމަވެސް، ހަމަޖެހުމެއް ގެނެސްދިން ލަނޑެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑް މި މެޗަށް ނިކުތްއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް ހުރި ގޮތުން އަލޮންސޯ އަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. ލަލީގާގައި ސެލްޓާ ވީގޯ އަތުން ބަލިވުމުގެ އިތުރުން، ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އަތުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. ފާއިތުވެދިޔަ 7 މެޗުން އެންމެ ދެމޮޅު ލިބިފައިވާ ޒަބީ އެލަންސޯ އޮތީ ހޫނުފެނުގައެވެ. މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރިޕޯޓްކޮށްފައިޥާގޮތުން މިމެޗާއެކު ކުރިޔަރްއޮތް 3 މެޗުންވެސް ރެއާލް މޮޅުނުވެއްޖެނަމަ، އަލޮންސޯ ޓީމުން ބޭރުކުރާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ކުރި ހޯދީ 24 ވަނަ މިނިޓުގައި ސްޓާ ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ޖެހި 17 ވަނަ ލަނޑުކަމަށްވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ރެއާލް މެޑްރިޑް އާއި ގުޅުނު ފަހުން އޭނާ އެ ކްލަބަށް ޖަހައިދިން 70 ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

އަލަވޭޒްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމުގެ ކާލޯސް ވިސެންޓޭ ވަނީ ރެއާލްގެ ދިފާއީ ފާރު ފޫއަޅުވާލާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-1 އަށް ހަމަހަމަކޮށްފަ އެވެ. ނަތީޖާ އެއްވަރުވުމާއެކު ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ.

ނަމަވެސް، ރެއާލް މެޑްރިޑަށް މޮޅުގެ އުފާ ގެނެސްދިނީ މެޗުގެ 76 ވަނަ މިނިޓުގައި ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ ވިނިޝިއަސް ޖޫނިއަރ ދިން މޮޅު ޕާހަކުންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑަށް ވަނީ 17 މެޗުން 39 ޕޮއިންޓް ލިބި، ލަލީގާ ތާވަލުގެ ދެވަނަ މަގާމަށް އަރާފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތު ރޮޑްރީގޯ ޖެހި ގޯލާއެކު ކަރުތާފެނުގައި އޮތް އަލޮންސޯ ސަލާމަތްވެއްޖެކުޅިވަރު | 5 ގަޑިއިރު ކުރިންރެއާލްއިން އެލަންސޯ ވަކިނުކުރަން ނިންމުމުން ބާސެލޯނާގެ ސަޕޯޓަރުންނަށް ދެޢީދު އެއްފަހަރާ ލައްވާލައިފިކުޅިވަރު | 4 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައިކުޅިވަރު | 4 ދުވަސް ކުރިންމިރޭ ރެއާލް މެޑްރިޑް ބަލިވެއްޖެނަމަ ޒަބީ އެލަންސޯ ކޯޗުކަމުން ބޭރުކުރަނީ - ރިޕޯރޓްސްކުޅިވަރު | 6 ދުވަސް ކުރިން