ރެއާލްއިބް ޒަބީ އަލޮންސޯ މަގާމުން ވަކިކުރާކަށް ގަސްތެއް ނުކުރޭ
11 ޑިސެމްބަރު 2025 - 13:52
.png&w=3840&q=75)
ނަތީޖާ ދަށްނަމަވެސް ކޯޗު ޒަބީ އަލޮންސޯ މަގާމުން ވަކިކުރުމަށް ރެއަލް މެޑްރިޑުން ގަސްދުނުކުރާކަމަށް މަޝްހޫރު އިޓަލީގެ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ. މިހަބަރަކީ އަލޮންސޯގެ ކޯޗުކަމުގައި ރެއާލްއިން ނެރެމުންދާ ދަށް ނަތީޖާތަކަށްއުފަލުން ފޮޅިފައިތިބި ބާސެލޯނާގެ ސަޕޯޓަރުންނަށް ދެއީދުއެއްފަހަރާ އައުންފަދަ ކަމެކެވެ. ރޭގެމއޗަށްފަހު އެލަންސޯ ރެއާލްގެ ކޯޗުކަމުން ވަކިކޮށްފާނެކަމުގެ ބިރަށް ބާސާގެ ސަޕޯޓަރުންދިޔައީ މީސްމީޑިޔާގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.


Ad by Hajj Corporation
އަލޮންސޯ ރެއަލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވިތާ ކައިރީ ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މިހާރު މިވަނީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ޓީމު ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ބައެއް ކުޅުންތެރިންނާއި އަލޮންސޯއާ ދެމެދު މިކަމާ ގުޅިގެން ހިޔާލު ތަފާތުވުންތައްވެސް އުފެދިފައިވެއެވެ.
އަލޮންސޯގެ ޓީމަށް ދިމާވެފައިވާ ގިނަ އަނިޔާތަކުގެ ސަބަބުން މިކަން ވަނީ އިތުރަށް ގޯސްވެފައެވެ. މީގެ އިތުރުން، އިއްޔެ ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވުމާއެކު، ރެއަލް މެޑްރިޑުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ 2 މެޗުންނެވެ.
ނަމަވެސް، މިހާލަތުގައި ރެއަލް މެޑްރިޑުންވަނީ ކުއްލި ނިންމުމެއް ނިންމަން ބޭނުންނުވާކަމަށް ބުނެފައެވެ. އަދި، ކަންކަން ރަނގަޅުކުރުމަށް އަލޮންސޯއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެކުލަބުން ގަސްތުކުރެއެވެ. ބަޔާ ލެވަކޫސަންގެ ކުރީގެ ކޯޗު އަލޮންސޯއާއެކު ކުލަބުގެ އިސްވެރިން ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ރޮމާނޯ ރިޕޯޓްކުރެއެވެ.


