logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައި

އަބްދުﷲ ޣާނިމް
11 ޑިސެމްބަރު 2025 - 04:34
ޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މެންޗެސްޓަރ ސިޓީ 2-1 ގެ ނަތީޖާއަކުން ބަލިވެ، ޓީމުގެ ކޯޗު އެލަންސީގެ ވަޒީފާގެނއްލިދާނެކަމުގެ ބިރުހީވެއްޖެއެވެ. ރޭގެ މެޗަށް ރެއާލް ނިކުތްއިރުވެސް ފަހަކަށް އައިސްހޯދާ ދަށް ނަތީޖާތަކުގެ ސަބަބުން އެލަންސޯވަނީ ހޫނުފެނަށް ވެއްޓިފައެވެ. ރެއާލް އެންމެ ފަހުން ކުޅުނު 8 މެޗުން ލިބިފައިވަނީ އެންމެ 2 މޮޅެވެ.

ރޭގެ މޮޅާއެކު ސިޓީއިން ވަނީ ލީގު ތާވަލުގެ ހަތަރުވަނަ މަގާމަށް އަރައިފި އެވެ. ސިޓީ އަށް މިހާތަނަށް ކުޅުނު ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މީގެ އިތުރުން މި ބަލިވުމާއެކު ރެއާލް މެޑްރިޑް އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ މުހިއްމު ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވޭގޮތް ވަނީ ނުވެފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މެޗުގެ 28 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ދިން ޕާހަކުން ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދައިދީފަ އެވެ.

ރެއާލް މެޑްރިޑް އިން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ، ހަތް މިނިޓު ފަހުން ލިބުނު ކޯނަރަކުން މެންޗެސްޓަރ ސިޓީގެ ނިކޯ އޮރެއިލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް މެޗުގެ ލީޑު ނަގައިދީފަ އެވެ.

މި ނަތީޖާއާއެކު ރެއާލްގެ ކޯޗުކަމުން ވަކިކުރާނެކަމުގެ ބިރުހީވެފައިވާ ޒަބީ އެލަންސޯގެ ކުރިމަގާމެދު މިއަދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައިކުޅިވަރު | ގަޑިއިރެއް ކުރިންމިރޭ ރެއާލް މެޑްރިޑް ބަލިވެއްޖެނަމަ ޒަބީ އެލަންސޯ ކޯޗުކަމުން ބޭރުކުރަނީ - ރިޕޯރޓްސްކުޅިވަރު | ދުވަހެއް ކުރިންފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންމެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯކުޅިވަރު | 4 ދުވަސް ކުރިން