logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސަޢޫދީއިން ބާސެލޯނާ ގަންނަން ތައްޔާރުވަނީ؟

އަބްދުﷲ ޣާނިމް
15 ޑިސެމްބަރު 2025 - 07:49
ސަޢޫދީއިން ބާސެލޯނާ ގަންނަން ތައްޔާރުވަނީ

ދުނިޔޭގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ އެފްސީ ބާސެލޯނާގެ ހިއްސާ ގަތުމަށް ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ބޮޑެތި ހަބަރުތައް ފެންމަތިވެއްޖެއެވެ. އެލް ޗިރިންގީޓޯގެ ފްރެންކޮއިސް ގަލާޑޯ ރިޕޯޓްކުރެއްވި ގޮތުގައި، ސަޢޫދީގެ ވަލީއަހުދު މި ކްލަބް ގަތުމަށްޓަކައި 10 ބިލިއަން ޔޫރޯގެ ބޮޑު ބިޑެއް ހުށަހެޅުމަށް ތައްޔާރަށް އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުށަހެޅުން އަންނަނީ ސަޢޫދީ އަރަބިއްޔާއިން ކުޅިވަރަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމުގެ ސްޓްރެޓެޖީގެ ތެރެއިންނެވެ. މިއީ ސީދާ އިންވެސްޓްމަންޓްގެ ގޮތުގައި ނުވަތަ ސަޢޫދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) މެދުވެރިކޮށް ކުރިއަށް ގެންދާ މަސައްކަތެކެވެ. ގަލާޑޯ ފާހަގަކުރެއްވި ގޮތުގައި، ބާސެލޯނާއަށް މިހާރު 2.5 ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށާއި، މި ދަރަނި އަދާކުރުމަކީ ކްލަބަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، މި ދަރަނިތައް ހިމަނައިގެން، ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވެފައިވާއިރު، މި ބިޑުން ކްލަބުގެ މުޅި ކޮންޓްރޯލް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަދަ ކްލަބްތައް ހިންގަނީ އެ ކްލަބްތަކުގެ މެންބަރުން ނުވަތަ ސޯސިއޯސް އިން ކަމަށްވާތީ، މިފަދަ މުޢާމަލާތެއް ހިންގުމަކީ ޢަމަލީ ގޮތުން ނުވާނެ ކަމެކެވެ. ބާސެލޯނާގެ ވެރިފަރާތަކީ އެ ކްލަބްގެ މެންބަރުންނެވެ. އެ މެންބަރުން ބޭރުގެ ފަރާތަކަށް ކްލަބްގެ މިލްކުވެރިކަން ބަދަލުކުރުމަށް ދުވަހަކުވެސް ހުއްދަ ނުދޭނެ ކަމަށް ގަލާޑޯ ވަނީ ފާހަގަކުރައްވާފައެވެ. ފާޙަގަކޮށްވޭކަމަކީ އެހެން ކުލަބުތަކާ ހިލާފަށް ބާސެލޯނާ ރެއާލްމެޑްރިޑް ފަދަ ކުލަބުތަކުގެ ހިއްސާ އިތުރު ފަރާތަކަށް ވިއްކުމަކީ އެކުލަބުތަކުގެ ޤަވާއިދު ތަންދޭނެކަމެއް ނޫނެވެ.

ސަޢޫދީގެ އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) އަށް ބާސެލޯނާގައި އިންވެސްޓް ކުރެވޭނެ ހަމައެކަނި ގޮތަކީ، ކްލަބުގެ އެންޓަޓެއިންމަންޓް ބައި ވަކިކޮށްގެން އެ ބަޔަށް އިންވެސްޓް ކުރުމެވެ. މިފަދަ ސްޓްރެޓެޖީއެއް ރެއާލް މެޑްރިޑުން ވެސް ބޭނުންކުރަން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކްލަބުގެ އެންޓަޓެއިންމަންޓް ބައި އާއި ފުޓްބޯޅަ ބައި ވަކިކޮށް، އެންޓަޓެއިންމަންޓް ބަޔަށް އިންވެސްޓަރުންނަށް ފުރުސަތު ދިނުމަށް ހުޅުވާލާފައެވެ. ޕީއައިއެފް އަށް ބާސެލޯނާގައި އިންވެސްޓް ކުރެވޭނެ ހަމައެކަނި މަގަކީ މިއީ ކަމުގައި ވިޔަސް، މުޅި ކްލަބް ބޭރުގެ ފަރާތަކަށް ވިއްކާލުމަކީ ޢަމަލީ ގޮތުން ނުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަޢޫދީއިން ބާސެލޯނާ ގަންނަން ތައްޔާރުވަނީކުޅިވަރު | 3 ގަޑިއިރު ކުރިންރަފީނިޔާގެ ދެގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއްކުޅިވަރު | ދުވަހެއް ކުރިންކުންޑޭގެ ދެގޯލުން ބާސެލޯނާ ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޑިޕްރޭޝަނަށް ފަރުވާހޯދުމަށް ބާސެލޯނާގެ ޑިފެންޑަރު އިސްރާއީލަށް ދަތުރުކޮށްފިކުޅިވަރު | 6 ދުވަސް ކުރިން