logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުންޑޭގެ ދެގޯލުން ބާސެލޯނާ ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
10 ޑިސެމްބަރު 2025 - 05:33
ކުންޑޭގެ ދެގޯލުން ބާސެލޯނާ ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެ

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ޔޫރޮޕާ ލީގުގައި މީގެ ދެއަހަރުކުރިން ފްރެންކްފާޓް އަތުން ބަލިވެ ލަދުވެތިގޮތަކަށް މުބާރާތާއި އަލްވަދާޢުކިޔާފައިވާއިރު، ރޭގައި ކުޅުނު މެޗުގައި ބާސެލޯނާ ބަލިވަނިކޮށް ކައިރިކައިރީގައި ދެމިނެޓު ތެރޭގައި ބާސެލޯނާގެ ޑިފެންޑަރު ކުންޑޭ ޖެހި ގޯލުން ބާސެލޯޏާ މޮޅުވެއްޖެއެވެ.. މި މޮޅާއެކު ބާސެލޯނާ މިވަގުތު ތާވަލުގެ 14 ވަނައަށް ޖެހިލާފައިވާއިރު، އެންމެ މަތީގެ އަށް ޓީމާ ދެމެދުގައި ހުރީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ.

ރޭ ކުޅުނު މި މެޗުގައި، ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ފްރެންކްފަރޓްގެ އަންސްގާ ކްނައުފް އެވެ. ނަމަވެސް، ދެވަނަ ހާފުގައި ކުންޑޭގެ ދެ ގޯލުގެ ސަބަބުން ބާސެލޯނާއަށް މެޗުގެ ނަތީޖާ ބަދަލުކޮށްލެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރެންކްފަރޓަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެލީސް ސްކިރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތީ ކަނާ ކައިރިން ބޭރަށެވެ. ދެވަނަ ހާފު ފެށުމާއެކު ބާސެލޯނާއިން ބަދަލެއް ގެނައެވެ. އެގޮތުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ކުންޑޭ ވަނީ 50 ވަނަ މިނެޓުގައި ބޮލުން ގޯލު ޖަހާފައެވެ. އޭގެ ތިން މިނެޓު ފަހުން، ލަމީން ޔަމާލް ވާތް ފަރާތުން ހުރަސްކުރި ބޯޅައަކުން ކުންޑޭ އަނެއްކާވެސް ބޮލުން ގޯލު ޖަހައި، ބާސެލޯނާއަށް ލީޑު ނަގައިދިނެވެ. ބާސެލޯނާ މޮޅުވީ 2-1 އިންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ސޮސިޑޭޑްއަތުން ބާސާ ބަލިވެ ރެއާލް އާއި ދެމެދު ފަރަޤު އެންމެ ޕޮއިންޓަކަށްކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | 6 ދުވަސް ކުރިންއެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 16 ދުވަސް ކުރިންއުނދަގޫ މެޗަކަށްފަހު ފަހުވަގުތުގެ ދެގޯލާއެކު ބާސެލޯނާ ކެޓަލޯނިއާ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 20 ދުވަސް ކުރިން