logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަފީނިޔާގެ ދެގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް

އަބްދުﷲ ޣާނިމް
14 ޑިސެމްބަރު 2025 - 05:03
ރަފީނިޔާގެ ދެގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި 7  ޕޮއިންޓްގެ ލީޑެއް

ރަފީނިއާގެ ދެ ލަނޑާއެކު ބާސެލޯނާއިން އޮސަސޫނާ 2-0 އިން ބަލިކޮށް، ލީގުގެ އެއްވަނައިގައި ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފިއެވެ. ކޭމްޕް ނޫގައި ކުޅުނު މި މެޗަކީ ބާސެލޯނާއިން ލީގުގައި ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ.

މި މެޗުގައި އޮސަސޫނާގެ ޑިފެންސްލައިން މެޗުގެ ބޮޑުބައެއްގައި މޮޅަށް ފެނިގެންދިޔައިރު، ބާސެލޯނާއަށް ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ރަފީނިއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަަމަ ހާފުގައި ބާސެލޯނާގެ ފަރާތުން މާގިނަ ހަމަލަތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލެފައި ނުވާއިރު، ބާސެލޯނާއިން ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓުގައެވެ. ޕެޑްރީ ދިން ޕާހަކުން ރަފީނިއާ ވަނީ ބޮކްސްގެ ބޭރުން ބޯޅަ ހިފައި، ގޯލުގެ ތިރީ ކަނަށް ބާރު ވައްދާލައިގެން ލަނޑު ޖަހާފައެވެ. އަދި މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖޫލްސް ކުންޑޭގެ ހުރަހެއް ޑިފްލެކްޓުވެ ލިބުނު ބޯޅަ އިން ރަފީނިއާ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ތާވަލުގެ ދެވަނައިގައިވާ ރެއާލް މިރޭ ނިކުންނާނީ އަލާވެސް އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ސޮސިޑޭޑްއަތުން ބާސާ ބަލިވެ ރެއާލް އާއި ދެމެދު ފަރަޤު އެންމެ ޕޮއިންޓަކަށްކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | 6 ދުވަސް ކުރިންއެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 16 ދުވަސް ކުރިންއުނދަގޫ މެޗަކަށްފަހު ފަހުވަގުތުގެ ދެގޯލާއެކު ބާސެލޯނާ ކެޓަލޯނިއާ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 19 ދުވަސް ކުރިން