logo
Bank of Maldives

Bank of Maldives

ޚަބަރު

ނުރައްކަލާ ކުރިމަތިލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހްމަދަށް ތައުރީފު އޮހެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޑިސެމްބަރު 2025 - 15:23
ނުރައްކަލާ ކުރިމަތިލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހްމަދަށް ތައުރީފު އޮހެނީ

އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި އާދީއްތަ ދުވަހު ދެ ބަފައިން ވެގެން ބަޑީގެ ހަމަލާދިން ވަގުތު އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮދިން އަހްމަދު އަލް އަހްމަދަށް އޮހެމުންދާ ތައުރީފަށް ނިމުމެއްނެތެވެ. އަހްމަދު ވަނީ ބަޑިޖެހި މީހުންގެ ތެރެއިން އެކަކު އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދީފައެވެ.

މި ހިތްވަރުގަދަ އަމަލުގެ ވީޑިއޯ އާންމުވުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ތައުރީފު އޮހެމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އަހްމަދަކީ ''ވަރަށް ވަރަށް ހިތްވަރުގަދަ'' މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިންސް ފަދަ އެތައް ބަޔަކު ވަނީ އަހުމަދަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން ''ހަގީގީ ދިރިއުޅުމުގެ ބަޠަލެއް'' ކަމުގައި ސިފަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮސްޓްރޭލިއާގެ އިތުރުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އަހްމަދަށް ތަޢުރީފް އޮހެމުންނެވެ. ''ބަތަލެއް''ގެ ލަގަބު ދީފައިވާ އަހްމަދު ވަނީ ޓްރަރިސްޓްގެ އަތުން ބަޑިއަތުލައި އޭނާ ފައްސާލާފައެވެ.

މި ހާދިސާގައި ބްރިޖްމަތީ ހުރި މީހާ އަހްމަދުގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާއަށް މިވަގުތު އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އޭނާގެ ސާޖަރީއެއް ހަދާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

ޓެރަރިސްޓުން ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ދީނީ ބޮޑު އީދެއް ކަމަށްވާ ހަނޫކާގެ ފުރަތަމަ ރޭ ފާހަގަކުރުމަށް ގޮނޑުދޮށަށް އެއްވެފައި ތިބި ސަތޭކައަށް ވުރެ ގިނަ މީހުންނަށެވެ. އޮސްޓްރޭލިއާގެ ސަރުކާރުގެ އިސްވެރިން މި ހަމަލާ ސިފަކުރައްވާފައިވަނީ، ޔަހޫދީންނާ ދެކޮޅަށް ހިންގި، ވަކި ބަޔަކަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. މި ހަމަލާގައި 16 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، މީގެ ތެރޭގައި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ހިމެނެއެވެ. އަދި އެތައް ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހަމަލާގެ ޝިކާރައަށްވީ މީހުންގެ އުމުރުތައް 10 އަހަރާއި 87 އަހަރާ ދެމެދުގެ މީހުންނެވެ.

ސިޑްނީގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނަކީ ބައްޕައަކާއި ދަރިއެކެވެ. އެއީ ސާޖިދު އަކްރަމް (50 އަހަރު) އާއި ނަވީދު އަކްރަމް (24 އަހަރު) އެވެ. ބައްޕަ، ސާޖިދު އަކްރަމް، ހަމަލާ ހިނގި ތަނުން ފުލުހުންގެ ބަޑީގެ ހަމަލާއަކުން މަރުވެފައިވާއިރު، ދަރިފުޅު ނަވީދު އަކްރަމް ވަނީ އަނިޔާވެ، ހައްޔަރު ވެސް ކޮށްފައެވެ. އޭނާ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކަލާ ކުރިމަތިލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހްމަދަށް ތައުރީފު އޮހެނީޚަބަރު | 2 ގަޑިއިރު ކުރިންލެޓްވިއާގައި ފިރިހެނުން މަދުވުމުގެ ސަބަބުން އަންހެނުން ''ގޮތް ހުސްވެފައި''ޚަބަރު | 4 ދުވަސް ކުރިންއެމެރިކާގެ ހެލްތު ސެކެރެޓަރީ އުމުރުން 71 އަހަރުގައި 20 ޕުލް-އަޕް ހަދައި ބާރު ހުރިކަން ދައްކާލައްވައިފިޚަބަރު | 7 ދުވަސް ކުރިންޖަޕާނަށް 10 ފޫޓަށް އުސްމިނުގެ ސުނާމީއެއްގެ އިންޒާރުޚަބަރު | 7 ދުވަސް ކުރިން