ގޯލުފުންޏެއް ފެނިގެންދިޔަ ވާދަވެރި ޔުނައިޓެޑާއި ބޯންމައުތު ވާދަކުރިމެޗު ހަމަހަމަ
16 ޑިސެމްބަރު 2025 - 03:55

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު އޯލްޑް ޓްރެފޯޑްގައި ބައްދަލުކުރިމެޗުގައި ޖުމުލަ 8 ގޯލު ފެނިގެން ގޮސްފިއެވެ. ވާދަވެރި މޮޅު ކުޅުމެއް ދެ ޓީމުނގެ ފަރާތުންވެސް ފެނުނު މިމެޗުގައި ދެޓީމުންވެސް ފުލުފުލުގައި އެއްޓީމް އަނެއްޓީމުގެ ފަރާތުން ވެސް ލީޑު ނަގައި އަދި ފަހަތުން އަރައި ލީޑު ނެގުމަށް ފަހު، ނަތީޖާއަކަށްވީ 4-4 ގެ އެއްވަރުވުމެކެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޯރިމް ޑިފެންސް ބަދަލުކޮށް އަމާދު ޑިއާލޯ ކުރިއަށް ޖައްސައިގެން ކުޅުނު ކުޅުމުގެ ފައިދާ ފެނުނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އަމާދު ވަނީ ގާތުން ބޮލުން ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޔުނައިޓެޑުން 6 ޝޮޓު ފޮނުވާލާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހަށް ފަހު އެ ޓީމުން އެހާ އަވަހަށް އެންމެ ގިނަ ޝޮޓު ފޮނުވާލި މެޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޔުނައިޓެޑުން 2-1 ގެ ލީޑެއް ނަގާފައި އޮތް ނަމަވެސް، ދެވަނަ ހާފު ފެށިތާ ހަތް މިނެޓުގެ ތެރޭގައި އެ ލީޑު ގެއްލިގެން ދިޔައެވެ. ބޯންމައުތަށް އެވަނިލްސަން އަދި މާކަސް ޓެވަރނިއާ ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ 3-2 އަށް ބަދަލުވިއެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޔުނައިޓެޑުން 2-1 ގެ ލީޑެއް ނަގާފައި އޮތް ނަމަވެސް، ދެވަނަ ހާފު ފެށިތާ ހަތް މިނެޓުގެ ތެރޭގައި އެ ލީޑު ގެއްލިގެން ދިޔައެވެ. ބޯންމައުތަށް އެވަނިލްސަން އަދި މާކަސް ޓެވަރނިއާ ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ 3-2 އަށް ބަދަލުވިއެވެ. ޔުނައިޓެޑަށް ބްރޫނޯ ފެނާންޑޭޒް ފްރީކިކަކުން އަދި އޭގެ ދެ މިނެޓު ފަހުން މެތިއުސް ކުންހާ ޖެހި ލަނޑާއެކު ދެވަނަ ފަހަރަށް ޔުނައިޓެޑުން 4-3 ގެ ލީޑެއް ނެގިއެވެ. ނަމަވެސް، ބޯންމައުތުގެ 19 އަހަރުގެ އެލީ ޖޫނިއަރ ކްރޫޕީ ވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައި، ނޭވާ ހިފަހައްޓާލެވުނު މި މެޗުން ބޯންމައުތަށް ޕޮއިންޓެއް ހޯދައިދީފައެވެ.
ރޭގެ މެޗުގައި ދެ ޓީމުން ޖުމްލަ 38 ޝޮޓު ފޮނުވާލާފައިވެއެވެ. ޔުނައިޓެޑްގެ ކުޅުންތެރިޔާ ކަސެމީރޯއަށް ރީނދޫ ކާޑެއް ދެއްކުމުން އޭނާއަށް އަންނަ އާދީއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑަށް ލީގުގެ ގަދަ 5 ގައި ހިމެނުމުގެ ފުރުސަތު ގެއްލުނުއިރު، 13 ވަނައިގައި އޮތް ބޯންމައުތަށް މިހާރު ވަނީ މޮޅަކާ ނުލައި ހަތް މެޗު ފާއިތުވެފައެވެ.


