logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު ވެސްޓްހޭމް އިން ޖެހި ގޯލާއެކު ޔުނައިޓެޑުގެ ގަދަ 5 ގެ ހުވަފެން ފެނަށް

އާމިނަތު ޝަފާ
5 ޑިސެމްބަރު 2025 - 05:40
ފަހުވަގުތު ވެސްޓްހޭމް އިން ޖެހި ގޯލާއެކު ޔުނައިޓެޑުގެ ގަދަ 5 ގެ ހުވަފެން ފެނަށް

ފަހުވަގުތު ވެސްޓްހޭމް އިން ޖެހި ގޯލާއެކު ޔުނައިޓެޑުގެ ގަދަ 5 ގެ ހުވަފެން ފެނަށްގޮސްފިއެވެ.

އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު ޕްރިމިއަރ ލީގު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ވެސްޓް ހަމް 1-1 ގެ ނަތީޖާއަކުން ވަނިީއެއްވަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 58 ވަނަ މިނިޓްގައެވެ. ކަސެމީރޯ ފަހިކޮށްދިން ފުރުސަތުގެ ބޭނުންކޮށް ގޯލުގެ ތިރީ ފަރާތަށް ބޯޅަ އަމާޒުކޮށް ފޮނުވާލައިގެން އޯލްޑް ޓްރެފޯޑުގައި ކާމިޔާބުކުރި ފުރަތަމަ ލީގު ގޯލާއެކު ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޑިއާގޯ ޑާލޯޓެވެ.

އެއަށްފަހު ޔުނައިޓެޑުން ދެވަނަ ގޯލެއް ޖަހަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއްނުވެއެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ވެސްޓް ހަމުން ވަނީ މެޗު އެއްވަރުކޮށްފައެވެ.

ވެސްޓްހޭމް އިން ޔުނައިޓެޑުން ދެކެމުން އައި ހުވަފެން ނާކާމިޔާބުކޮށްލީ ފަހުވަގުތު ސޫންގޫޓޫ މަގަސާގެ ގޯލަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑަށް ޕްރިމިއަރ ލީގުގެ ތާވަލުގެ ފަސްވަނައަށް އެރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ވެސްޓް ހަމް މިހާރު ތާވަލުގެ 18 ވަނައިގައި އޮތީ، ލީޑްސް ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓު މަދުކޮށެވެ.

މި ތާރީހީ މެޗަކީ ވެސްޓް ހަމް އެންމެ ފުރަތަމަ ފަހަރަށް މެޗަކުން ބަލިނުވެ ނިމުނު ފަހަރެވެ. މީގެ ކުރިން ވެސްޓްހޭމްވަނީ 21 މެޗުން ބަލިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 5 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 8 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 14 ދުވަސް ކުރިންޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިން