ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއު.ޑީ.ސީ. އިންތިޚާބުގައި ޕީއެންސީގެ ސްޕޯކްސްޕަރސަނަކަށް ފިރުޒުލް
17 ޑިސެމްބަރު 2025 - 13:57

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފި އެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ.

Ad by Hajj Corporation
އަދި މިކަން ވަނީ ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓުގައިވެސް އިއުލާނުކޮށްފައެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެރެޓަރީގެ މަޤާމު އަދާކުރައްވަމުންދާ ބޭފުޅެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.


