logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގައި މިހާރު 75،000 މެންބަރުން ތިބޭނެ: ފަލާޙް

އިސްމާޢިލް ރާތިޢު
17 ޑިސެމްބަރު 2025 - 13:41
ޕީއެންސީގައި މިހާރު 75،000 މެންބަރުން ތިބޭނެ: ފަލާޙް

ކޮންގްރެސް ޕާޓީއާ ގުޅޭ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު މިހާރު ގުޅިފައިވާ މެންބަރުންނާއެކު 75,000 ވުރެ އިތުރުވާނެ ކަަމަށް ބެލެވޭ ކަމަށް ޕާޓީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އިތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އިންތިހާބާގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާބެހޭ މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ވަރަށް ގިނަ މެންބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށެވެ. މިވަގުތުވެސް ޕާޓީގެ މެންބަރުންގެ އަދަދު 70,000 އަށް އަރާފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރުވެސް ޕާޓީގެ އޮފީހުގައި އެބަހުރި ކަމަށާއި އެ ފޯމްތައް ބެލުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާނެކަމަށް ފަލާޙް ވިދާޅުވިއެވެ. އަލަށް ގުޅުނު މެންބަރުންނާއެކު ކޮންގްރެސްގެ މެންބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ބެލެވޭކަމަށް ފަލާޙް ވިދާޅުވިއެވެ.

ޕީއެންސީއަށް މިހާ ގިނަ ރައްޔިތުން ގުޅެމުންދިއުމުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ޤަބޫލުކުރެއްވުން ކަމުގައި ފަލާޙް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ނުވަ ޕާޓީއެއް އޮތްއިރު ކޮންގްރެސް ޕާޓީގެ ޒަޢާމަތާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އިރު އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 75،000 އަށް ގެންދަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަން ފަލާހްގެ މިސާލުތަކުން ހާމަކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިން''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | 8 ދުވަސް ކުރިންބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމްޚަބަރު | 12 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 12 ދުވަސް ކުރިން