logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓަކީ މޫސާ އަލީ ޖަލީލް

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 12:46
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ކެންޑިޑޭޓަކީ މޫސާ އަލީ ޖަލީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މާލެ ސިޓީގެ މޭޔަރު ކަމަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، އަރުވާފައިވާ ކުރީގެ ދިފާޢީ ވަޒީރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް ނެރެން ނިންމައިފިއެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންގްރެސް ޕާޓީން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ މޫސާ އަލީ ޖަލީލްކަން ޕީއެންސީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މޫސާ އަލީ ޖަލީލް ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ދިފާއީ ވަޒީރުކަން ކުރައްވާފައެވެެ.

އެ ދުވަހު މޫސާ އަލީ ޖަލީލު ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާވަނީ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވާފައެވެެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހްޚަބަރު | 4 ދުވަސް ކުރިންޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 5 ދުވަސް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | 6 ދުވަސް ކުރިން