logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭބީސިޓާސްގެ ގޮތުގައި ބިދޭސީން ގެނެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

އައިޝަތު ނަޝާ
17 ޑިސެމްބަރު 2025 - 17:43
ބޭބީސިޓާސްގެ ގޮތުގައި ބިދޭސީން ގެނެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ލިސްޓުން ބޭބީ ސިޓާސް އުނިކޮށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފިއެވެ.

ސަރުކާރުން މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރު ހަމަޖައްސައި ދިވެހީންނަށް އިސްކަންދިނުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. މި ބަދަލުތަކަށް މިދިޔަ އާދީއްތަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ. މި އިސްލާހުގެ ދަށުން، މިހާރު ދޫކޮށްފައިވާ ކޯޓާތައް ވެސް ވަކި މުއްދަތެއްގެ ފަހުން ބާތިލުކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ގެޒެޓް ކުރި ގަވާއިދުގެ ދަށުން، ބޭބީ ސިޓާސްގެ ވަޒީފާއަށް ދެ އަހަރުގެ ތެރޭގައި ބިދޭސީން ގެނައުން ހުއްޓާލުމަށް ނިންމާފައިވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން މައިންބަފައިންނާއި އާންމުންގެ ފަރާތުން މީސްމީޑިއާގައި ކަންބޮޑުވުންތަކެއް ފާޅުކުރަމުން އައި ދަނޑިވަޅުގައި، ވަޒީފާގެ މި ދާއިރާއަށް ބިދޭސީން ގެނައުން މަނާކުރާ ލިސްޓުން ބޭބީ ސިޓާސް ވަނީ އުނިކޮށް، ގަވައިދު އަލުން އިސްލާހުކޮށްފައެވެ.

ގަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ: ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއާ ގައިޑުން، އެކައުންޓެންޓުން، އަދި އިމާމުން އެވެ. މި ދާއިރާތަކަކީ ދިވެހީންނަށް ފުރުސަތު ބޮޑުކުރުމަށްޓަކައި ބިދޭސީންގެ ބައިވެރިވުން އެންމެ އަވަހަށް ހުއްޓާލެވޭނެ ދާއިރާތަކެވެ.

މީގެ އިތުރުން، އެހެން ބައެއް ދާއިރާތަކަށް ބިދޭސީން ގެނައުން ހުއްޓާލުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވެއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުން، އަދި ޕައިލެޓުން ހިމެނެއެވެ.

ހަތަރު އަހަރުގެ ފަހުން އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ ކޯޓާތައް ބާތިލްކުރާނެއެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަށް ފަހު ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ޕްރަންޓް އޮފީސް މެނޭޖަރުން، އަދި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ ކޯޓާތައް ބާތިލްކުރުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭބީސިޓާސްގެ ގޮތުގައި ބިދޭސީން ގެނެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރަނީޚަބަރު | ދުވަހެއް ކުރިންގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅުޚަބަރު | 2 މަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 2 މަސް ކުރިން