logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ދެއްވި ޔަގީންކަން: އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަން

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޑިސެމްބަރު 2025 - 20:28
ރައީސް ދެއްވި ޔަގީންކަން: އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަން

ވިޔަފާރިވެރިންގެ އުންމީދުތައް ބޭކާރުވިޔަ ނުދެއްވާނެކަމުގައ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބުދަ ދުވަހުގެ ރޭ ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ކަނުލާ އަޑުއައްސަވާފައެވެ. އަދި އެއަށްފަހު ވިޔަފާރިވެރިންނަށް އުންމީދީ ޖަވާބުތަކެއް ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ،މިފަދަ ބައްދަލްވުމެއް ބޭއްވެވީ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި ހުރި މައްސަލަތައް ޙައްލުކުރެއްވުމުގެ ނިޔަތާއި އެ އަޒުމުގައި އެކަން ބޭނުންފުޅުވެގެން ކަމަށެވެ.

ރައީސް ވަނީ ޤާނޫނީ އިމުގެ ތެރެއިން ވިޔަފާރިވެރިންނަށް ވެސް ކޮށްދެވެން އޮތް ކޮންމެ ކަމަށް ވިދާޅުވެފައެވެ. އަދި ހައްލު ހޯދައިދޭން ޖެހޭކަންކަން ކޮށްދެވުމަށް ޤާނޫނާއި އުސޫލުތައް ބަދަލުކޮށްގެން ވެސް އެކަމެއް ކޮށްދެއްވަން މަސައްކަތްޕުޅު ކުރަށްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ޔަޤީންކަމަކީ ތިޔަ ބޭފުޅުންގެ އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަން ހަމަ ހަޤީޤަތުގައިވެސް. އެކަންކަމަށް ހައްލު ގެނެސްދޭން މަސައްކަތް ކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދުފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށްކަމަށް ރައީސް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްވެސް ކުރިއެރުމަށް މަސައްކަތްތައް ސިޔާސަތުތައް ބައްޓަންކޮށްގެން. އެހެންވީމަ ތިބޭފުޅުންގެ ވާހަކަފުޅުތައް މިގޮތަށް މަސައްކަތް ކުރުމަށް މުހިންމު އެއްޗަކަށް ވެގެންދާނެ." ރައީސް ވިދާޅުވެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވި ޔަގީންކަން: އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަންޚަބަރު | 4 ގަޑިއިރު ކުރިންއެއާ ކާގޯ ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަން ރައީސް ނިންމަވައިފިޚަބަރު | 4 ގަޑިއިރު ކުރިންސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންރައީސް ވިޔަފާރިވެރިންނާއެކު ބާއްވަވާ ބައްދަލުވުން މިރޭޚަބަރު | 12 ގަޑިއިރު ކުރިން