logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީ އީއެފްއެލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
18 ޑިސެމްބަރު 2025 - 04:45
ސިޓީ އީއެފްއެލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

މެންޗެސްޓަރ ސިޓީ 4 އަހަރުގެ ފަހުން އީއެފްއެލް ކަޕް (ކަރަބާއޯ ކަޕް) ގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ބްރެންޓްފޯޑްގެ މައްޗަށް 2-0 ގެ ފަސޭހަ މޮޅެއް ހޯދައި، ސިޓީން ވަނީ މުބާރާތުގެ ކުރިއަށް ޖެހިލާފައެވެ. ސިޓީއަށް މި މޮޅު ހޯދައިދިނީ ރަޔާން ޗެރްކީ އާއި ސަވީނިއޯ ޖެހި ގޯލުތަކުންނެވެ.

ފޯމުގައި ހުރި ޗެރްކީ ވަނީ މެޗުގެ 32 ވަނަ މިނެޓުގައި މޮޅު ގޯލެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން، ސަވީނިއޯ ވަނީ މެޗުގެ 67 ވަނަ މިނެޓުގައި މި ސީޒަނުގެ އޭނާގެ ދެވަނަ ގޯލު ޖަހައި، ސިޓީއަށް ސެމީފައިނަލުގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމުބާރާތުގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވާއިރު، ރޭގައި ނިއުކާސަލް އިން ވަނީ ފުލަމް 2-1 އިން ބަލިކޮށް ސެމީގެ ޖާގައެއް ހޯދާފައެވެ. ކުއާޓަރ ފައިނަލުގެ ފަހުމެޗުގައި އާސެނަލް އާއި ކްރިސްޓަލް ޕެލަސް މިމަހުގެ 24 ވަނަ ދުވަހުގއި ބައްދަލުކުރާނެއެވެ.

މުބާރާތުގެ ސެމީގައި ސިޓީއިން ނިއުކާސަލް އާއި ވާދަކުރާއިރު، ޗެލްސީއިން ވާދަކުރާނީ އާސެނަލް އަދި ޕެލަސް މެޗުން މޮޅުވާޓީމަކާ ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ އީއެފްއެލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 6 ގަޑިއިރު ކުރިންސަންޑަލޭންޑް ބަލިކޮށް ސިޓީއިން އެއްވަނައިގައިވާ އާސެނަލް އާއި އެންމެ ދެ ޕޮއިންޓާ ގާތަށްކުޅިވަރު | 11 ދުވަސް ކުރިންގޯލުބަސްތާއެއް ފެނިގެންދިޔަ މެޗުގައި ހާލަންޑުގެ 100 ވަނަ ލީގު ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށްކުޅިވަރު | 15 ދުވަސް ކުރިންފޯޑެންގެ ފަހުވަގުތުގެ ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށްކުޅިވަރު | 19 ދުވަސް ކުރިން