logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލުބަސްތާއެއް ފެނިގެންދިޔަ މެޗުގައި ހާލަންޑުގެ 100 ވަނަ ލީގު ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށް

އަބްދުﷲ ޣާނިމް
3 ޑިސެމްބަރު 2025 - 05:27
ގޯލުބަސްތާއެއް  ފެނިގެންދިޔަ މެޗުގައި ހާލަންޑުގެ 100 ވަނަ ލީގު ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު ގޯލުބަސްތާއެއް ފެނިގެންދިޔަ މެޗުގައި މެންޗެސްޓަރ ސިޓީ ވަނީ 5-4 ގެ ނަތީޖާ އަކުން ފުލަމް ބަލިކޮށްފަ އެވެ. މި މޮޅާއެކު ސިޓީ ވަނީ ލީގު ތާވަލުގެ ދެވަނަ އަށް އަރާފަ އެވެ. މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ލީގުގައި އޭނާގެ 100 ވަނަ ލަނޑު ފުރިހަމަކުރުމެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ހާލަންޑް ޖެހި ލަނޑާއެކު ހާލަންޑް ވަނީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އޭނާ މި އަދަދަށް ވާސިލްވީ އެންމެ 111 މެޗުންނެވެ. މީގެ ކުރިން މި ރެކޯޑް އޮތް އެލަން ޝިއަރާ 100 ލަނޑު ހަމަކުރީ 124 މެޗުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީން މެޗުގެ ލީޑު ފުޅާކުރީ 37 ވަނަ މިނިޓުގައި ޓިޖާނީ ރޭންޑާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން 44 ވަނަ މިނިޓުގައި ފިލް ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާ ސިޓީއަށް 3-0 ގެ ކުރި ހޯދައިދީފަ އެވެ. ނަމަވެސް ފުލަމްއިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމީލް ސްމިތް ރޯވް ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ 3-1 އަށް ބަދަލުކުރި އެވެ.

ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ، 48 ވަނަ މިނިޓުގައި ފޯޑެން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ސިޓީގެ ލީޑު 4-1 އަށް ބޮޑުކޮށްފަ އެވެ. އަދި 54 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ފޮނުވާލި ހަމަލާއެއް ފުލަމްގެ ސެންޑަރ ބާރޖްގެ ގައިގައި ޖެހި ބައިކޮޅަށް ވަނުމުން މެޗުގެ ނަތީޖާ 5-1 އަށް ބަދަލުވެ، ސިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.

ނަމަވެސް ފުލަމްގެ ޓީމަށް ދެވަނަ ހާފުގައި ގެނައި ބަދަލުތަކާ ގުޅިގެން އެ ޓީމުގެ ކުޅުން ރަނގަޅުވެ، ސިޓީގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. މެޗުގެ 57 ވަނަ މިނިޓުގައި އެލެކްސް އިވޯބީ ލަނޑެއް ޖެހިއިރު، 72 ވަނަ މިނިޓާއި 78 ވަނަ މިނިޓުގައި ސެމުއެލް ޗުކްވުއޭޒޭ ވަނީ ޖެހިޖެހިގެން ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ލަނޑުތަކާއެކު މެޗުގެ ނަތީޖާ 5-4 އަށް ބަދަލުވެ، ފަހުކޮޅު ވަރަށް ހޫނުވެގެންދިޔަ އެވެ.

މި މޮޅާއެކު މެންޗެސްޓަރ ސިޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަށް އަރާފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އޮތީ އެއް މެޗު މަދުން ކުޅެގެން 30 ޕޮއިންޓާއެކުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލުބަސްތާއެއް ފެނިގެންދިޔަ މެޗުގައި ހާލަންޑުގެ 100 ވަނަ ލީގު ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށްކުޅިވަރު | 25 މިނިޓު ކުރިންފޯޑެންގެ ފަހުވަގުތުގެ ގޯލާއެކު ސިޓީ ތާވަލުގެ ދެވަނަ އަށްކުޅިވަރު | 4 ދުވަސް ކުރިންޗެމްޕިއަންސް ލީގުގައި ބެންޗުޓީމު ގޮވައިގެން ފޮނުއަރުވަނިކޮށް ގާޑިއޯލާ އަތަށް ގޮވައިފިކުޅިވަރު | 7 ދުވަސް ކުރިންވިލާ އަތުން ބަލިވެ، ސިޓީއިން މުހިންމު ތިން ޕޮއިންޓް ނަގާލައިފިކުޅިވަރު | މަހެއް ކުރިން