ބައްދަލުވުންތަކުގެ މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް
18 ޑިސެމްބަރު 2025 - 15:52

ރައްޔިތުންނާއެކު އެމަނިކުފާނު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ކުރިއަށްގެންދާ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެހެން ޖަލްސާތަކެކެކޭ އެއްގޮތަށް މިރޭގެ ޖަލްސާގައިވެސް ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ހިއްސާކުރެވޭނެކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއެކު އެމަނިކުފާނު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުންކަމަށެވެ. ވުމާއެކު ކޮންމެ ރައްޔިތެއްގެ ހިޔާލަކީ އަދި މަޝްވަރާއަކީ އެމަނިކުފާނަށް މުހިންމު ހިޔާލަކާއި މަޝްވަރާއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކު އެދިލައްވާ ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޮށްދެއްވާނެކަމަށާ، ކުރެވެމުންދާ ކަންކަމަށްވެސް ވަކީން ބޮޑު އިސްކަމެއްދެއްވައިގެން އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައްޔިތުން ހިއްސާކުރައްވާ ކޮންމެ ކަމަކީވެސް މުހިންމު ކަމެއްކަމަށާ، މިއިން ކޮންމެ ކަމަކަށް މި ބައްދަލުކުރެއްވުމުގައި ޖަވާބުދާރީވެވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ ކަމަކީވެސް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ އަންނީ މިފަދަ ބައްދަލުވުންތަކުގައި ދެއްވަމުންނެވެ.


