logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޑިސެމްބަރު 2025 - 20:14
ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީ

ހިޔާ ފްލެޓުތަކުގެ މެއިންޓަނަންސްއަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ މާފުކުރުމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަށަވަރުކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ޚާއްސަކޮށްގެން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަން ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދިނުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނެ، 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވާނެކަމަށް. އެކަންވެސް އަޅުގަނޑު ދެންނެވިގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީއަށް މިހާރު އޮންނާނީ ދަންނަވާފައި. އެހެންވީމަ ތިބޭފުޅުންގެ އެގްރީމަންޓު ބަދަލުވެގެންދާއިރު ތިވިދާޅުވީ ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް. އެ 2ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވިގޮތަށް އުނިކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ކުރުމުގެ ކަންތައްތައް ކޮށްދޭނަން."

މީގެ އިތުރުން، ފްލެޓު ކުލި ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ވެސް މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަން ބެލުމަށް އަންގަވާފައިވާކަމަށާއި ލިބޭ މަޢުލޫމާތަށް ބެއްލެވުމަށްފަހު އެކަމަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުލީގެ މައްސަލައިގައި ރައްޔިތުން ފާހަގަކުރި ކަންކަން ސީރިއަސްގޮތެއްގައި ބައްލަވައި، ވަޢުދުވެވަޑައިގެންނެވިގޮތަށް ކުލީގެ އަދަދުތަކަށް ބަދަލު ގެންނަވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. މިއީ ހިޔާ ފްލެޓުތަކުގެ ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީޚަބަރު | 8 ގަޑިއިރު ކުރިން4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކޮށްފި ޚަބަރު | 9 ގަޑިއިރު ކުރިންއަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެޚަބަރު | 11 ގަޑިއިރު ކުރިންބައްދަލުވުންތަކުގެ މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް ޚަބަރު | 12 ގަޑިއިރު ކުރިން