logo
Bank of Maldives

Bank of Maldives

ޚަބަރު

4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކޮށްފި

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 19:28
4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓާއި ކުލި ބޮޑުތަނުން ކުޑަކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

މިހާރު އޮތް ގޮތުން މަހު ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތަކާއި މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކަކީ، ދެ ކޮޓަރީގެ އެޕާޓްމަންޓް ނަމަ 15،000 ރުފިޔާއެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ނަމަ 25،000 ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މަހު ކުލީގެ ގޮތުގައި 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭނީ، ކުލީގެ ގޮތުގައި ނަގާ 7،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު، މުޅި ޖުމްލަ ކޮންމެ މަހަކު 8،000 ރުފިޔާ އެވެ.

އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ދައްކަން ޖެހޭނީ، ކުލީގެ ގޮތުގައި ނަގާ 9،000 ރުފިޔާ އާއި، މެއިންޓެނަންސް ފީގެ ގޮތުގައި ނަގާ 1،500 ރުފިޔާއާއެކު، މުޅި ޖުމްލަ 10،500 ރުފިޔާއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހޭ އަދަދު މަހަކު 10,000 ރުފިޔާއަށް އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,000 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާކަމަށެވެ.

އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިއައި ބަދަލާއެކު އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީޚަބަރު | 8 ގަޑިއިރު ކުރިން4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކޮށްފި ޚަބަރު | 9 ގަޑިއިރު ކުރިންއަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެޚަބަރު | 11 ގަޑިއިރު ކުރިންބައްދަލުވުންތަކުގެ މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް ޚަބަރު | 12 ގަޑިއިރު ކުރިން