logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 17:43
އަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެ

އަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ޞަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މި ބައްދަލުވުމަށްފަހު މި މަހުގެ 21 ވާ އާދިއްތަދުވަހުގެރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުން އޮންނާނީ ރެހެންދި ސުކޫލުގައެވެ.

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ. އެފަހުން ގަލޮޅު ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މިރޭ ރައީސް ބައްދަލުކުރައްވަމުން ގެންދަވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދެނީޚަބަރު | 7 ގަޑިއިރު ކުރިން4000 ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކޮށްފި ޚަބަރު | 8 ގަޑިއިރު ކުރިންއަންނަ އާދިއްތަ ދުވަހުގެ ރޭ ރައީސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެޚަބަރު | 10 ގަޑިއިރު ކުރިންބައްދަލުވުންތަކުގެ މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުން: ރައީސް ޚަބަރު | 11 ގަޑިއިރު ކުރިން